ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރ. ކިނޮޅަހުގެ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

0ecc28b5 872e 4aea 9f3d e280a2e2d99a
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރ. ކިނޮޅަހުގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދަނީ ސިމެންތި ޖެހުމާއި ކުލަލުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ 200 މީޓަރު ސަރަހައްދެއްގައި ސިމެންތި އެޅުން ކުރިއަށްދާކަމަށެވެ. އަދިކުލަލުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް އެކުންފުނިން ބުންޏެވެ.

ކިނޮޅަހުގައި ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ.

HajjCop_ads
Advertisement

120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 1.74 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރެވުނު ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާނީ ފާރު ރޭނުމުގެ މަސައްކަތާ ކޮންކްރީޓްގެ މަސައްކަތުގެ އިތުރުން ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތެވެ.

691 މީހުންގެ އާބާދީއެއް އޮންނަ ރ. ކިނޮޅަހުގައި މިވަގުތު އޮތް ފުޓްސަލް ދަނޑަކީ 2015 ވަނަ އަހަރުން ފެށިގެން އެރަށުގައި ބޭނުން ކުރަމުން އަންނަ ދަނޑެކެވެ. ގިނަ ދުވަސްވެ ދަނޑު މިހާރު ހަލާކުވެފަވާއިރު، ޒުވާނުން އަދި ކައުންސިލު ގުޅިގެން އަޅާފައިވާ ވޮލީކޯޓުވެސް މިހާރުވަނީ މަރާމާތުކުރަންޖެހިފައިކަމަށް ރ. ކިނޮޅަހު ކައުންސިލުގެ ރައީސް އަހުމަދު ހުސައިންވަނީ ވިދާޅުވެފައެވެ.

ކުޅިވަރުގެ ދާއިރާއިން ރަށަށް ގެނެވޭ ތަރައްގީއާއެކު ރަށުގެ ޒުވާނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެރަށަކީ ކުޅިވަރަށް ލޯބިކުރާ ރައްޔިތަކު ނިސްބަތްވާ ރަށެއްކަމަށެވެ. އަދި ރަށުގެ އާބާދީގެ ނިސްބަތުން ގިނަ ބަޔަކު ކުޅިވަރުގައި ޝާމިލުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 07 at 09.38.52

ކޮޅުފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނުހުއްޓި ކުރިއަށް

WhatsApp Image 2026 09 05 at 10.21.06

މަޑިފުށީ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިއްޖެ

Aebded5e f2d5 4b0c 9562 8d6802334f39

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢޫގައި މިހާރު ކުރިއަށްދަނީ ފުންކުރުމުގެ މަސައްކަތް

WhatsApp Image 2026 09 06 at 10.01.17

ހއ. ދިއްދޫގައި ތަރައްޤީކުރި ވޮލީ ކޯޓުގެ މަސައްކަތް ނިމިއްޖެ