ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮޅުފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނުހުއްޓި ކުރިއަށް

WhatsApp Image 2026 09 07 at 09.38.52
STO_Ads
TTH_Ads
Maldivian_Ads
Advertisement

މ. ކޮޅުފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެރަށޫގައި ތަރައްޤީކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދަނީ ކޮންކްރީޓް ތަނބުތައް އެޅުމުގެ މަސައްކަތްކަމަށެވެ.

ކޮޅުފުށީގައި އިމާރާތްކުރާ އެފްއާރްސީގެ ބިންގާއެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

HajjCop_ads
Advertisement

1485 މީހުންގެ އާބާދީއެއް އޮންނަ ކޮޅުފުށީގައި އިމާރާތްކުރާ އެފްއާރްސީގެ މަސައްކަތަކީ 4.61 މިލިއަން ރުފިޔާއަށް 220 ދުވަހުގެތެރޭގައި ނިންމާގޮތަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި މޭޝަނަރީ އަދި ކޮންކްރިޓް މަސައްކަތްކުރުމާއި ފުރާޅު ހަރުކުރުމާއި ދަވާދުލުމުގެ މަސައްކަތް ހިމެނެއެވެ.

ކޮޅުފުށީ އެފްއާރްސީގައިވެސް އިންޑޯ ޖިމާއި އެރޮބިކްސް އަދި އެކި ކަހަލަ ބޯޑު ގޭމްތަކާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް

WhatsApp Image 2026 10 14 at 20.07.33

ދ. މީދޫ ޕޮލިސް ސްޓޭޝަންގެ މައި އިމާރާތުގެ މަސައްކަތް ކުރިއަށްއެބަދޭ: އެމްޓީސީސީ

Qw

އާރުޑީސީގެ ހިންގުން އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާ ހަވާލުކޮށްފި