ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސް ލަނޑުން ވެލެންސިއާ ބަލިކޮށް ބާސެލޯނާ ތާވަލުގެ ކުރިއަށް

0a081b556b4a51f25cb85fb429862373
Maldivian_Ads
STO_Ads
TTH_Ads
Advertisement

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ ދަނޑުގައި 5-0 އިން ބާސެލޯނާ މޮޅުވެ ތާވަލްގައި 2 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ބާސެލޯނާ އަކީ ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ކުޅުނު ހަތަރު މެޗުން މޮޅުވި ހަމައެކަނި ޓީމެވެ. ސާއިން މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރި މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީވެސް ބާސާއިންނެވެ. މިމެޗުގައި ބާސާއިން ވަނީ 25 ހަމަލާ އުފައްދާފައެވެ. ބާސާއިން ވަރަށް ފޯރީގައި ފެށި މެޗުގެ 6 ވަނަ މިނެޓުގައި ބާސާއިން ވަނީ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު ފަރމިން ލޯޕޭޒް ނަތަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ ލެމީން ޔަމާލްއެވެ.

ބާސާގެ ދެވަނަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ތަނަވަސްކޮށްދިން ލޯޕޭޒްއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

HajjCop_ads
Advertisement

ދެވަނަ ހާފުވެސް ބާސާއިން ފަށާފައިވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް އެހާމެ ފޯރީގައެވެ. މިމެޗުގައި ބާސާއިން ކާމިޔާބު ކުރި 3 ވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ލޯޕޭޒް ވަރަށް މަސައްކަތުން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ކެޕްޓަން ރަފީނިއާއެވެ. މިއީ ރަފީނިއާ މިސީޒަންގައި ކާމިޔާބު ކުރި 6 ވަނަ ލަނޑެވެ. ބާސާގެ 4 ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޕެޑްރީ ޖަހައިދިން އިރު އެޓީމުގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޔަމާލްއެވެ.

ރޭގެ މެޗު ވެގެންދިޔައީ 65 މިލިއަން ޕައުންޑްގެ އަގަކަށް ސިޓީއިން ބާސާއަށް ބަދަލުވި ރޮޑްރީ ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އަދި މިމެޗުގެ ދެވަނަ ހާފުގައި ގެބްރިއެލް ހޭސުސްވެސް ވަނީ ފުރަތަމަ ފަހަރަށް ބާސާގެ ޖަރޒީގައި ފެނިގެން ގޮސްފައެވެ.

މިކާމިޔާބީ އާއެކު ބާސާއިން މިވަނީ މިފަހަރު ލީގުގައި ކުޅުނު 4 މެޗު ކާމިޔާބު ކޮށް 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގާ 2 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އަދި ބާސާއިން މިވަނީ އެޓީމާއި އެންމެ ބޮޑަށް ވާދަކުރާ ރެއާލް މެޑްރިޑަށް މިހަފްތާގައި އެޓީމު ކުޅުނު މެޗުން ބަލިވި ބަލިވުމުގެ ފައިދާ ފުރިހަމައަށް ނަގާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (20)

ޔުއެފާއިން ބާސެލޯނާގެ ތަށިތައް އަތުލަން ރެއާލުން ހުށައަޅައިފި

109980913 javier tebas2

ސިޓީއަށް ދޭންޖެހޭނީ އެހެން ޓީމުތަކަށްވެސް އިންޒާރަކަށް ވާވަރުގެ އަދަބެއް: ލަލީގާގެ ރައީސް

Cb810874 6818 4e68 b87f c5f317e6a448

އެތުލެޓިކޯ އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ

Images (3)

ރަފީނިއާގެ ހެޓްރިކާއެކު ބާސެލޯނާއިން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފި