ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަޖިސްޓްރީވާން އިތުރުން ފުރުސަތެއް ހުޅުވާލައިފި

Maurazu 2048x1347
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު 10 ސެޕްޓެމްބަރ 2026 އާ ހަމައަށް އިތުރުކޮށްފިއެވެ.

މި މުއްދަތު އިތުރު ކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ނިންމާފައިވަނީ، ގިނަ އަދަދެއްގެ އާންމުން އެދެމުން ދިއުމާއެކު، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތު 31 އޮގަސްޓް 2026ގައި ހަމަވިއިރު 700 އަށްވުރެ ގިނަ މީހުން ރަޖިސްޓަރ ކޮށްފައިވެއެވެ. 2025 ވަނަ އަހަރު ބޭއްވި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވެފައިވަނީ 240 ފަރާތަކުންނެވެ. އެހެންކަމުން މިހާތަނަށް މިއަހަރުގެ މަޢުރަޒުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައިވާ އަދަދަށް ބަލާއިރު މައުރަޒަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަ ކުރެވެއެވެ.

HajjCop_ads
Advertisement

ބީސީސީން ވަނީ ރަށްރަށުގައި ތިބި އުފެއްދުންތެރިންނާއި، އަތްތެރި މަސައްކަތްތެރިން އަދި އައު އީޖާދުތައް ކުރާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިވުމަށް ކައުންސިލްތަކަށް ހިތްވަރުދިނުމުގެ ގޮތުން، މިއަހަރުގެ މައުރަޒުގައި ތަކެތި ބައިވެރި ކުރުމުގެ އުސޫލު ވެސް އިސްލާހުކޮށްފައެވެ. އެގޮތުން މައުރަޒުގެ ވާދަކުރުމުގެ ބައިގައި ރަށް އަދި ސިޓީ ކައުންސިލުތަކަށް އަމިއްލަ ފަރުދުންގެ ދާއިރާއިން ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެފަރާތެއްގެ ދާއިމީ އެޑްރެސް ނިސްބަތްވާ ރަށް ނުވަތަ ސިޓީއެއްގެ ކައުންސިލާއި ގުޅިގެން ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި އިސްލާހާއެކު ކައުންސިލުތަކާއި ގުޅިގެން ބައިވެރިކުރާ އުފެއްދުންތަކަށް ލިބޭ މާކްސްއަށް ބަލައި،  1 ވަނަ، 2 ވަނަ އަދި 3 ވަނަ ކައުންސިލަށް ވަނަ ލިބިގެން ދާނެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

2026 ވަނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާފައިވުމާއެކު، ބީސީސީގެ އަމާޒަކީ މިއަހަރުގެ މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށާއި މާކެޓް ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ.

މި މަޢުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހީންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް މާކެޓްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެންގެވުމާއެކު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ މަޢުރަޒެކެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރ މަހުގެ 23 އިން 31 އަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

އުފެއްދުންތެރިކަމުގެ މައުރަޒުގެ ފަނޑިޔާރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފި

Large thumb

އުފެއްދުންތެރި މައުރަޒުގައި ބައިވެރިވުމަށް 350 ފަރާތަކުން ހުށަހަޅައިފި

maurazu

އުފެއްދުންތެރިކަމުގެ މައުރަޒުގައި މިހާތަނަށް 279 މީހުން ބައިވެރިވެއްޖެ