“ރެޑީ ސެޓް މަޢުރަޒު 26″ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން، ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
އިޤުތިޞާދިީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ވަނީ މައުރަޒުގެ ރިވީލިންގ ވީޑިއޯއެއް ދައްކާލާފައެވެ. މި ވީޑިއޯގައި މިއަހަރުގެ އެކްސްޕޯ އާންމުންނަށް ފެންނާނެ ގޮތުގެ ނަމޫނާއެއް ދައްކާލާފައިވެއެވެ.
އަދި މި ޙަރަކާތްތަކުގެ ތެރެއިން ވަނީ، މައުރަޒުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއިއެކު ސޮއިކޮށްފައެވެ. މީގެ އިތުރުން، މައުރަޒުގައި ކުރިއަށްދާ ބޮޑުބެރު މުބާރާތާއި ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި، މައުރަޒުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެހެނިހެން ކުޅިވަރު މުބާރާތްތައްވެސް މި ހަރަކާތުގެ ތެރެއިން ވަނީ އިއުލާން ކޮށްފައެވެ.

ސަޤާފީ ވާދަ މުބާރާތުގައި ވާދަކުރާ ޓީމުތައް:
– އެވޭލާ ބައި އިންކްލިކްސް
– އެކްސްޓްރީމް ލެވެލް
– ހިޔަލަ
– ޕަރޕަލް ވިންގްސް
– މާބައިދޫ ކައުންސިލް
– ބ. ހިތާދޫ ޔޫތު ވިންގް ޖަމްޢިއްޔާ
– އޮމަލަ
– ޓީމް މަލަކާ
– އެމް.އެން.ޔޫ ޑާންސް ގްރޫޕް
ބޮޑުބެރު މުބާރާތުގައި ވާދަކުރާ ޓީމުތައް:
– އެކަތި ބޮޑުބެރު
– ސާދަ ތިރީސް އަށެއް
– އެންދެރި ބޮޑުބެރު ގްރޫޕް
– ރިދަމް ބޮޑުބެރު
– ހޭވައްލާ ބޮޑުބެރު
– ހޭވާލި ބޮޑުބެރު
– މަންނަ ބޮޑުބެރު
– ޗާލޭ ބޮޑުބެރު
– އެމް.އެން.ޔޫ ބޮޑުބެރު
– މަންނަޔަންސް ބޮޑުބެރު
މަޢުރަޒާއިއެކު ކުރިއަށްގެންދާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ އެސޯސިއޭޝަންތައް:
– ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
– ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
– ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
– ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
– ބަށިބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
“ރެޑީ ސެޓް މަޢުރަޒު 26″ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށްދިޔައީ ހުޅުމާލެ ފޭސް 1ގެ ދިރާގު ފަހަތުގައި އޮންނަ ބީޗު ސަރަހައްދުގައި، މިއަދު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތުގައި ވަނީ، އާއިލާތަކަށާއި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން މޫދު ކުޅިވަރުތަކާއި، ބައުންސީ ކާސަލް ފަދަ ޚަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން ރޭގަނޑު ލައިވް މިއުޒިކާއި، ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
“ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އޮކްޓޯބަރު މަހުގެ 25އިން ނޮވެމްބަރު މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި މައުރަޒުގެ ވާދަކުރުމުގެ ބައިގައި 6،000 އަށްވުރެ ގިނަ ދިވެހި އުފެއްދުން މިހާތަނަށް ރަޖިސްޓަރީ ކޮށްފައިވާއިރު، 1000 އަށްވުރެ ގިނަ އުފެއްދުންތެރިންގެ އުފެއްދުންތައް މައުރަޒުގައި ފެނިގެންދާނެއެވެ.











ކިޔުންތެރިންގެ ހިޔާލު