ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޮލިސް ލައިފް ގެ ހާއްސަ އަދަދު ނެރެފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާއަށްފަހު، “ޕޮލިސް ލައިފް – ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހާސަ އަދަދު” މިއަދު ނެރެފިއެވެ.

މި މަޖައްލާ ނެރުމުގެ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ މި ޖަލްސާގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ, ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނަށް މި އަދަދުގެ ކޮޕީއެއް އަރުވާފައެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ޝާއިއުކުރި މި ހާއްސަ އަދަދުގައި ފުލުހުންގެ މަސައްކަތްތަކާއި، އާންމު ރައްކާތެރިކަމާއި، މުއައްސަސާގެ ކުރިއެރުމާއި ތަރައްގީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީހުގެ މައްޗަށް އަލިއަޅުވާލާފައިވާ މައުލޫމާތު ހިމަނާފައިވެއެވެ. މީގެއިތުރުން، މަގުމަތީގެ ރައްކާތެރިކަމާއި، ރާއްޖޭގެ ޑިޖިޓަލް ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ހާއްސަ ލިޔުންތައްވެސް މި އަދަދުގައި ހިމެނެއެވެ.

HajjCop_ads
Advertisement

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިއަދު އިސްކަންދަރު ބިލްޑިންގގައެވެ. މި ޖަލްސާގައި ދިގު މުއްދަތަކަށް ފުލުހުންގެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވާފައިވާ ފުލުހުންނާއި އާންމު މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކޮށްފައިވެއެވެ. އެގޮތުން 20، 25، 30 އަދި 35 އަހަރު ފުލުހުންގެ ޚިދުމަތުގައި ހޭދަކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހާއްސަ ކުޑަކުދިންގެ ހަވީރު ބާއްވައިފި

police CP

ފުރިހަމައަށް ޚިދުމަތްދެވޭ މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް މިވަނީ ބަދަލުުރެވިފައި: ސީޕީ

police

ގެއްލިގެން ހޯދި މާއި އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ