ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗެމްޕިއަން އިންޓަރއިން ފަހަތުން އަރައި ނަޕޯލީ ބަލިކޮށްފި

D30a39f2 d6e8 450d 910c 73bfd5e5e948
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަރ މިލާނުން ފަހަތުން އަރައި ނަޕޯލީ ބަލިކޮށްފިއެވެ.  ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމުން ތަނަވަސް ކުރި ނަމަވެސް މިއިން އެއްވެސް ޓީމަކަށް މިހާފުގައި ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ 5 މިނެޓް ފަހުން ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ ނަޕޯލީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަޓިއޯ ޕޮލިޓާނޯއެވެ. އަދި ނަޕޯލީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑަށްފަހު އިންޓަރއަށް ރަނގަޅަށް ހަމަނުޖެހިވި އުޅެނިކޮށް ނަޕޯލީގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވަޑް ރަސްމުސް ހޮއިލުންޑްެއެވެ.

HajjCop_ads
Advertisement

މިމެޗުގައި އިންޓަރއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއެވެ. އަދި އިންޓަރއިން މިމެޗުން ނަތީޖާއެއް ހޯދުމަށް ހިތްވަރާއެކު ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ފެނިގެންދިޔައީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މިމެޗުގައި އިންޓަރއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ތުރާމްއެވެ. އަދި މިމެޗުން އިންޓަރ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން ލައުޓާރޯއެވެ. މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު