ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖް އަތުން އިންޓަރ މިލާން ބަލިވެއްޖެ

B7294790 c746 11f1 b4d5 87f9c6c95a29
Maldivian_Ads
TTH_Ads
STO_Ads
Advertisement

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ރޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުން، އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާންގެ މައްޗަށް ބެލްޖިއަމްގެ ކްލަބް ބްރޫޖުން 4-3 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ކްލަބް ބްރޫޖްގެ ނިކޮލޯ ޓްރެސޮލްޑީ ވަނީ މޮޅު ކުޅުމެއް ދައްކައި، ހެޓްރިކް ފުރިހަމަކޮށްފައެވެ.

އިންޓަރއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ 30 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޓްރެސޮލްޑީ ވަނީ ބްރޫޖަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް، ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ކެޕްޓަން ލައުޓާރޯ މާޓިނޭޒް ވަނީ މި ސީޒަނުގެ މުބާރާތުގައި އޭނާގެ ފުރަތަމަ ލަނޑު ޖަހައި، އިންޓަރއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި ބްރޫޖުން އަލުން ކުރި ހޯދީ މެޗުގެ 63 ވަނަ މިނިޓުގައެވެ. މިއީ އިންޓަރގެ ކީޕަރު ޖޯސެޕް މާޓިނޭޒްއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެން ޓްރެސޮލްޑީ ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ 11 މިނިޓު ފަހުން، ޓްރެސޮލްޑީ ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

HajjCop_ads
Advertisement

މެޗުގެ 81 ވަނަ މިނިޓުގައި މާޓިނޭޒް އިންޓަރގެ ދެވަނަ ލަނޑު ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، 87 ވަނަ މިނިޓުގައި ރޯމިއޯ ވާމެންޓް ޖެހި ލަނޑާއެކު ބްރޫޖުން ވަނީ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ. މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެންޖެ-ޔޮއާން ބޮނީ އިންޓަރއަށް ތިންވަނަ ލަނޑު ޖަހައިދިން ނަމަވެސް، ނަތީޖާ އެއްވަރުކުރާނެ ވަގުތެއް އެ ޓީމަކަށް ނުލިބުނެވެ.

މި ނަތީޖާއާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުންވެސް އިންޓަރ މިވަނީ ބަލިވެފައެވެ. މިއީ މިދިޔަ ސީޒަނުގެ ނަތީޖާތަކާއެކު މި މުބާރާތުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. ޕޮއިންޓެއް ނުލިބި އިންޓަރ މިވަގުތު ތާވަލުގެ 28 ވަނައިގައި އޮތްއިރު، މުހިންމު މި މޮޅާއެކު ކްލަބް ބްރޫޖް ވަނީ 3 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައަށް ޖެހިލާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

ސްޕެއިނުގެ ކްލަބުތަކުން ތާރީޚީ ކާމިޔާބީއަކާއެކު ޔޫރަޕްގައި ބާރުގަދަކޮށްފި

Reuters 6ace8882

އެތުލެޓިކޯ އަތުން ބަލިވެ، ޔުނައިޓެޑަށް މާޔޫސްކަން

MGA8006

ފަހަތުން އަރައި ބާސެލޯނާއިން ގަލަތަސަރާއީ ބަލިކޮށްފި

Getty

ދެވަނަ ހާފުގައި ޖެހި ތިން ލަނޑާއެކު އާސެނަލްއިން ލިލް ބަލިކޮށްފި