ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުރިހަމައަށް ޚިދުމަތްދެވޭ މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް މިވަނީ ބަދަލުުރެވިފައި: ސީޕީ

police CP
Maldivian_Ads
STO_Ads
TTH_Ads
Advertisement

ފުލުހުން މަދަނީ ޚިދުމަތެއް ގޮތުގައި މަސައްކަތް ފެށިތާ 22 އަހަރުވެގެން ދިޔައިރު ރައްޔިތުންނަށް ޚިދުމަތް ދެވޭ ވަރުގެ މުއައްސަސާއަކަށް ދިވެހި ފުލުހުން ޚިދުމަތް ހެދިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދު ވިދާޅުވެއްޖެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާއި ގުޅުވައިގެން ބޭއްވި އެކުވެރިކަމުގެ ހިންގާލުން ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް 2004 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ވަނީ ބަދަލުވެފައެވެ. މިކަމުގެ ހަނދާންތައް އައު ކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދު ވަނީ އެދުވަހު ޚިދުމަތް ފެށިގެން އައީ މަދު އަދަދެއްގެ ފުލުހުންނާއެކުގައިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިއަދު ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރާއިރު އެ މަންޒަރު ބަދަލުވެފައިވާކަން މިއަދު ހިންގާލުމުގައި ބައިވެރިވި ފުލުހުންގެ އަދަދުވެސް އެނގޭ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ކޮމިޝަނަރ ވަނީ މި ވޭތުވެދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން ރައްޔިތުންނަށް ޚިދުމަތް ދެވޭ ވަރުގެ މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް މިއަދު ޤާޢިމްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މުސްތަޤުބަލުގައިވެސް މި ޚިދުމަތް އިތުރަށް ތަރައްޤީވެގެން ދާނެ ކަމުގެ ޔަޤީންކަން ކޮމިޝަނަރ ވަނީ ދެއްވާފައެވެ.

“މި ފުރުސަތުގައި އަޅުގަނޑު ދިވެހި ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކޮށްދެއްވި ހުރިހާ ބޭފުޅުން ޝާމިލްވާ ގޮތަށް ޝުކުރު އަދާކުރަން. ވަކިން ހާއްސަކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލުހުންގެ ޚިދުމަތަށް ސަރުކާރުގެ ތެރެއިން މިކޮށްދެއްވާ މުހިންމު މަސައްކަތްޕުޅަށްޓަކައި އަޅުގަނޑު އެމަނިކުފާނަށް ދިވެހި ހުރިހާ ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރަން. އަދި އެހެންމެ ހުރިހާ ފުލުހުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޤާނޫނީ ޒިންމާ އަދާކުރުމުގައި މިކުރައްވާ ބުރަ މަސައްކަތަށް ހުރިހާ ފުލުހުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން.” ކޮމިޝަނަރ 

ދިވެހި ފުލުހުން ޚިދުމަތް ރަސްމީކޮށް ފެށިގެން އައީ 1933 ވަނަ އަހަރު މާރިޗު މަހުއެވެ. ނަމަވެސް އޭރު ސިފައިންނާއި ފުލުހުން އެއް ޚިދުމަތެއް ގޮތުގައި އޮތުމަށް ފަހު މިއަދު ފުލުހުން ޚިދުމަތް ވަނީ ވަކި ޚިދުމަތަކަށް ބަދަލުވެފައެވެ. އަދި ޒަމާނީ ބަދަލުތަކެއް ގެނެވި ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއަށް ފުލުހުންގެ ޚިދުމަތުގެ މަސައްކަތް މިހާރު ދަނީ ބައްޓަން ކުރެވެމުންނެވެ. އަދި ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ފުޅާކުރުމަށް އެ ޚިދުމަތާއި ގިނަ އަދަދެއްގެ ޒުވާނުން ކޮންމެ އަހަރަކުވެސް ދަނީ ގުޅެމުންނެވެ.

މިއާއެކު ސަރުކާރުގެ އަމާޒަކީ ޒަމާނީ ފުލުހުންގެ ޚިދުމަތެއް ތަޢާރަފްކުރެވި ރައްޔިތުން އެދޭ ފަދަ ޚިދުމަތަކަށް މި ޚިދުމަތް ހެދުމެވެ. މިގޮތުން އިދާރީ ބަދަލުތަކެއް މިހާރުވެސް ގެނެސް ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އިންސާނީ ވަސީލަތް މުޢައްސަސާގެ ތެރޭގައި ތަރައްޤީކުރުމަށްވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހާއްސަ ކުޑަކުދިންގެ ހަވީރު ބާއްވައިފި

police

ގެއްލިގެން ހޯދި މާއި އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

Police vcle

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި