ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ލ.މުންޑޫ، މަރްޔަމް މާއީ ޖަމީލް (25އ) އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.

މާލޭގައި ދިރިއުޅެމުންދާ އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތަށް އާއްމުންގެ އެހީއަށް އެދި ފުލުހުން އޭނާގެ ފޮޓޯވެސް އާއްމު ކުރިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިރުކޮޅެއް ކުރިން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓް ކުރުމަާ ގުޅިގެން ހޯދަމުންދިޔަ މާއީ މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، އެ ސްޓޭޝަނަށް ހާޒިރުވެފައިވާ ކަމަށެވެ.

"އޭނާގެ ހާލު ރަނގަޅެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ،". އޮފިޝަލް ވިދާޅުވިއެވެ.