ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭގޮތް ހަދައިފި

Nimaal
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގެޭގޮތަށް ހަމަޖައްސައި އެކަން ކައުންސިލްތަކަށް އަންގަން ފަށައިފިއެވެ.

ކައުންސިލްތަކަށް މިގޮތަށް އަންގަން ފަށާފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުއްވަން ފެއްޓެވި ސިޓީތަކެއްގައެވެ. މި ނިންމުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

އެލްޖީއޭއިން ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އާމްދަނީން ހަރަދުވާ ގޮތަށް ވެސް، މުވައްޒަފުން ނެގެޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ.

HajjCop_ads
Advertisement

މި އުސޫލުގެ ދަށުން ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކަށް މީހުން ނެގުން ހިމެނެއެވެ. މީގެ އިތުރުން ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތްތަކެއް ކުރުމަށް ނަގާ ކޮންޓްރެކްޓް އެމްޕްލޯއިމެންޓް އަދި ވޭޖް އެމްޕްލޯއިމެންޓް ވަޒީފާތަކަށް މީހުން ނަގަންވާނީވެސް އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގައި ކަމަށް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

ވަގުތީ ބޭނުންތަކާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ އާއި އެ ނޫން ވެސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާންކުރަން ޖެހޭނީ އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށް ފަހު ކަމަށްވެސް އެލްޖީއޭއިން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HP6WnFSbYAA8Ocr

އެލްޖީއޭގެ ބޯޑަށް 2 މެންބަރުން އައްޔަންކުރަން ކޮމިޓީން ރުހުންދީފި

Qw

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް މެންބަރުން ހޮވުމުގެ އިންތިޚާބު ފަސްކޮށްފި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

43

ކުޅުދުއްފުށީގައި ހުއްޓުވި ޓްރާންސްޕޯޓުގެ ހިދުމަތްތައް އަލުން ފެށުމަށް އެލްޖީއޭއިން އަންގައިފި