ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫ މޭޔަރު ސައުދު އަލީގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

Saeed
TTH_Ads
STO_Ads
Maldivian_Ads
Advertisement

ގދ. ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުގެ އިދާރާތަކަށް ޞައްޙަނޫން މަޢުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ތިނަދޫ ކައުންސިލުން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ޞައްޙަނޫން މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން 2024 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދިޔަ މައްސަލައެކެވެ.

މި ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު، އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

HajjCop_ads
Advertisement

ޕީޖީ އޮފީހުން ސައުދުގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާއަކީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ، ލޯކަލް ގަވަމަންޓު އޮތޯރިޓީއަށް ހިއްސާކުރި އާބާދީ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މަޢުލޫމާތާއި، އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ތިނަދޫގެ އާބާދީއަކީ 10,150 މީހުންކަމަށް ބުނެ ޞައްޙަނޫން ލިސްޓެއް ހުށަހަޅާފައިވާތީއެވެ.

އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އޭގެ އަދަބެއްގެ ގޮތުން 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.

ސައުދުގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާއެވެ. އެ ދައުވާ އުފުލީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާކުރުމަށް ފުލުހުން އެދުމުން، އެފަދަ ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާކަމަށް ބުނެ ފުލުހުންގެ ޚިދުމަތަށް ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އޭގެ އަދަބެއްގެ ގޮތުން 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.

ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު 30 ގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައެވެ. އޭގެ ފަހުން ވެސް މިހާރުގެ ސަރުކާރުން ވަނީ ތިނަދޫގެ ސިޓީ ދަރަޖަ އެގޮތުގައި ދަމަހައްޓަން ނިންމާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ތިނަދޫގެ ތަރައްގީއަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނަން: މޭޔަރު ސައުދު

Mal

ހުޅުމާލެއަށް ތަރައްގީ ގެންނާތީ ތިނަދޫ މޭޔަރު ކަންބޮޑުވުންފާޅުކޮށްފި