ތިނަދޫ ސިޓީއަށް ބޭނުންވާ ތަރައްގީ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ތިނަދޫ ސިޓީގެ އިންތިޚާބީ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ސައުދު ވިދާޅުވީ ތިނަދުއަށް ތަރައްގީ ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެ ތަރައްގީ ގެނެސްދިނުމަށް ބޭނުންވާ އެއްބާރުލުން އެ ސިޓީގެ ކައުންސިލުން ފުރިހަމައަށް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ހިންގާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ނިޔަތެއް ނުގެންގުޅުއްވާކަމަށް މޭޔަރު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިނިސްޓަރު އާދަމް ޝަރީފް ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ސައުދު ހޯއްދެވި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ތިނަދޫގެ މޭޔަރު ސައުދު ވަނީ މިހާރުވެސް ސަރުކާރުން އެ ރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ތިނަދޫ ކައުންސިލަށް ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.