ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލަކީ ރަށެއްގެ އެންމެ އިސް މުއައްސަސާކަން ބަލައިގަންނަން ޖެހޭ: މިނިސްޓަރ

minister adam shareef
STO_Ads
TTH_Ads
Advertisement

ލާމަރުކަޒީ ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާކަން ގަބޫލުކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ލާމަރުކަޒީ ނިޒާމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުންނާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުވިތާ 15 އަހަރު ވެފައިވާއިރު އެ ނިޒާމު އެތައް ތަޖުރިބާއެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ނިޒާމު ވުޖޫދުވުމަށްފަހު ފުރަތަމަ މަރުޙަލާގައި ކުރިމަތިވި ގޮންޖެހުންތަކާމެދު މިއަދު ވިސްނާލުން މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިހާވަރަކަށްތޯ ރައްޔިތުން ލާމަރުކަޒީ ނިޒާމު އޭރު ބަލައިގަތީ، އެ ނިޒާމުގެ ސަބަބުން އަތުވެދާނެ ކުރިއެރުންތަކާމެދު ކިހާވަރަކަށްތޯ މީހުންނަށް ހޭލުންތެރިކަން ލިބިފައިވަނީ. އަދި އެ ނިޒާމު ކުރިއަށް ގެންދިއުމުގައި މަލްޓި ޕާޓީ ސިސްޓަމުގެ ތެރެއިން ކިހާވަރަކަށްތޯ މީހުން ތައްޔާރުވެފައި ތިބީ؟ މިއީ ހަނދާނަށް ގެންނަން ޖެހޭ ކަމެއް.

MMA_Ads
HajjCop_ads
Advertisement

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގައި މިހާތަނަށް ކުރެވުނު ތަރުޖިބާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން މިނިސްޓަރ ވިދާޅުވީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުން ލާމަރުކަޒީ ނިޒާމު ބަލައިގެންފައިވާކަން ކަމަށެވެ.

އޭގެ އިތުރަށް ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދެވޭ އަދި އެންމެ ގާތުން ރައްޔިތުންނާއެކު މަސައްކަތްވެސް ކުރެވޭ ނިޒާމުކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެ ނިޒާމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއް ބަޔަކީ ކައުންސިުތައް ކަމަށާއި ކައުންސިލުތަކާއެކު މަސައްކަތް ކުރުމުގައި ފިކުރު މިހާރަށްވުރެވެސް ބޮޑަށް ދިރުވައި އާލާކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

”ދައުލަތުގެ ހުރިހާ ވުޒާރާއެއް އަދި މުއައްސަސާއަކުންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ގާތުން ހިދުމަތްދޭ ނިޒާމު ކަމަށްވާއިރު މި ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާ. ކައުންސިލްގެ ޚިދުމަތަކީ ރައްޔިތުންނަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ދިރުވައި އާލާ ކުރުން” މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ އެ ނަމޫނާ ދައްކަވަމުން ކަމަށެވެ. އެގޮތުން އަތޮޅުތެރެއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި ކައުންސިލުތަކާ ބައްދަލުކުރައްވައި، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އެ މަނިކުފާނު ހޯއްދަވާ ކަމަށް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައު ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވައި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފި

IMG 20240109 192849 rm3mb0f8lcgtj1arbolmmuiz2o6chifjlcyxr1bgwo

ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ކުރިއަށްދާނެ ގޮތުގެ އުސޫލު އާންމުކޮށްފި

Ui

ރައީސް މުއިއްޒުގެ ވެރިކަމުގައި ގައުމަށް ޚިދުމަތްކުރުމުގައި ދެމި ހުންނާނަން: އާދަމް ޝަރީފް

88887

ތިނަދޫގެ ތަރައްގީއަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނަން: މޭޔަރު ސައުދު