ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އެމްޑަބްލިޔުއެސްސީ އިން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި އެ ކުންފުނީގެ އިންޖިނިއަރުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށްފިއެވެ.
އިންޖިނިއަރިންގ ދުވަހުގެ ތަހުނިޔާ ފޮނުވައި “އެކްސް” ގައި ކުރި ޕޯސްޓެއްގައި ފެން ކުންފުނިން ބުނީ އިންޖިނިއަރިންގަކީ އެ ކުންފުނީގައި ހަމައެކަނި ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އެއީ މުޖުތަމައު ކުރިއެރުވުމަށާއި އާންމުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގެ މައިގަނޑު ބިންގާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ އާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ހުރިހާ ފަންތިއެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ރަސްމިއްޔާތުގެ ތެރެއިން ކުންފުނީގެ ހުރިހާ މުވައްޒަފުން ވަނީ އިންޖިނިއަރުންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.

އެމްޑަބްލިޔުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ. މިގޮތުން ކުންފުނީގެ އިންޖިނިއަރުން ދަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްތައް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު