ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޯރަފުށީ ސްކޫލް ދަރިވަރުންނަށް ކަރަންޓާ ބެހޭ ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފި

WhatsApp Image 2026 08 28 at 18.07.38
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހއ. ހޯރަފުށީ ސްކޫލުގެ ދަރިވަރުން ބާރުވެރިކުރުވުމަށާއި ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްޤީކުރުމުގެ މަޤްޞަދުގައި، ގޭތެރޭގައި ކަރަންޓު ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ރައްކާތެރިކަމުގެ މުހިންމު މަޢުލޫމާތުތަކެއް އެ ސްކޫލުގެ ދަރިވަރުންނަށް ފޯރުކޮށްދީފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ހޯރަފުށީ ބްރާންޗާ ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަންތައް ޚާއްޞަކޮށްފައިވަނީ އެ ސްކޫލުގެ ގްރޭޑް 9 އިން 11 ގެ ދަރިވަރުންނަށެވެ. “ގޭތެރޭގެ ކަރަންޓުގެ ރައްކާތެރިކަން” މި މަޢުޟޫޢަށް މި ސެޝަން ބާއްވާފައިވަނީ މި ހމަހުގެ 24 ވަނަ ދުވަހުގައެވެ.

WhatsApp Image 2026 08 28 at 18.07.38 (1)

HajjCop_ads
Advertisement

މި ސެޝަންތަކުގައި ކަރަންޓުގެ އަސާސީ މަޢުލޫމާތާއި ހުނަރުތަކުގެ އިތުރުން، ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ދަރިވަރުންނަށް ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައެވެ. އަދި ހަމައެކަނި ތިއަރީ މަޢުލޫމާތުގެ އިތުރުން، ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކޮށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން، ޢަމަލީ ގޮތުން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ހޯރަފުށީ ސްކޫލުން ވަނީ މި ސެޝަންތައް ނުހަނު ފުރިހަމަކަމާއި ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ފެނަކަ ހޯރަފުށީ ބްރާންޗުގެ މުވައްޒަފުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

Io

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ބަރޯސާވެވެނީ އިންޖިނިއަރުންގެ ބުރަ މަސައްކަތުން: އަފީފް

Resorts

ހޯރަފުށްޓަށް 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި

ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓެއް