ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިކަމުގެ ފެއާ، ޓީޓީއެމް 10 ވަނަ އެޑިޝަން ފަށައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 10 ވަނަ އެޑިޝަން ބާސެލޯ ނަސަންދުރަ މާލޭގައި އިއްޔެ ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަގުވާމީ ބާޒާރުތަކާއި ރާއްޖެ ގުޅުވައިދިނުމަށާއި ސިނާއަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކޮށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށެވެ.

މިއަދުގެ ނިޔަލަށް ކުރިޔަށްގެންދާ މި ފެއާގައި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ބައިނަލް އަގުވާމީ މާހިރުން އެއްތަނަކުން ބައްދަލުވެ، ވިޔަފާރި ފުރުސަތުތައް ފަހިކުރުމަށާއި ބަދަހިކުރުމަށް މަޝްވަރާ ކުރާނެއެވެ.

HajjCop_ads
Advertisement

ޓީޓީއެމްގެ 10 ވަނަ އެޑިޝަންގައި މި އަހަރު 130 އަށް ވުރެ ގިނަ ރިސޯޓް ހޮޓެލް އަދި ރާއްޖޭގެ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށް ވުރެއިން ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވެއެވެ.

“އެއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތެރިންނަށް ޕްރޮފެޝަނަލް ގުޅުންތައް ގާއިމްކުރުމަށާއި ސްޓްރެޓިޖިކް ޕާޓްނާޝިޕްތައް އުފެއްދުމުގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑްތަކަށް އަންނަ ބަދަލުތަކުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް.” ވިޒިޓް މޯލްޑިވްސް

ވިޒިޓް މޯލްޑިވްސް އިން އިތުރަށް ބުނީ އެ އިވެންޓްގެ ތެރެއިންނާއި “ޓީޓީއެމް ކަނެކްޓް” ޑިޖިޓަލް ޕްލެޓްފޯމް އަދި ސޯޝަލް މީޑިއާ މަންސަތަކުގައި ވިޒިޓް މޯލްޑިވްގެ ބްރޭންޑިން ފުޅާދާއިރާއެއްގައި ދައްކުވާއިދޭނެއެެވެ.

އެ ހަރަކާތް ނިންމާލުމުގެ ގޮތުން ބާއްވާ “ޓީޓީއެމް އެވޯޑްސް އެންޑް ގާލާ” ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. އެ ހަފުލާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު