ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެފަހުން އިންފަންޓީނޯގެ ދިފާޢުގައި ޓްރަމްޕު ތެދުވެއްޖެ

2026 07 19T231127Z 612203009 UP1EM7J1SF1LV RTRMADP 3 SOCCER WORLDCUP ESP ARG
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ދިފާޢުގައި އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕު ތެދުވެއްޖެއެވެ.

އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވަނިކޮށް އޭނާގެ ދިފަޢުގައި ޓްރަމްޕު ވާހަކަ ދައްކާފައި މިވަނީ ރަމްޕް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޓްރަމްޕު ވިދާޅުވީ ރައީސް ކަމުން އިންފަންޓީނޯ ވަކިކުރައްވައިފިނަމަ އެއީ ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ކޮންމެ ސަބަބަކާހުރެވިޔަސް ފީފާގެ ރައީސްގެ މަޤާމުން އިންފަންޓީނޯ ދުރުކޮށްފިނަމަ އެއީ ހައްދަވާ ވަރަށް ބޮޑު ގޯހެއް.

HajjCop_ads
Advertisement

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވިދާޅުވިއެވެ.

ޓްރަމްޕު ވިދާޅުވީ،  ވޯލްޑްކަޕްގެ ތަރީޚުގައިވެސް މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ ފައިދާބޮޑު ވޯލްޑްކަޕް ބޭއްވީ އިންފަންޓީނޯކަމަށެވެ. އަދި އޭނާ ނެތި ދެންވެސް އެކަން ނުކުރެވޭނެކަމަށް ޓްރަމްޕު ވިދާޅުވިއެވެ.

ޓްރަމްޕު މިހެން ވިދާޅުވެފައި މިވަނީ އިންފަންޓީނޯ އާއި ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ, ޔޫއެފާ އާއި އޭޝިޔާގެ ފުޓްބޯޅަ އިދާރާ, އޭއެފްސީގެ އިތުރުން އުތުރު އެމެރިކާ އާއި ކެރީބިއަން އައިލެންޑްސްގެ ކޮންކާކަފް އިން ގުޅިގެން ބަޔާނެއް ނެރެފައިވަނިކޮށެވެ.

އެ ބަޔާނުގައި ވަނީ ފީފާގެ ނިންމުންތަކުގެ ސަބަބުން ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި އަދި އިންފަންޓީނޯ އިއުލާން ކުރެއްވި ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)ގެ ކަންކަން ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލަން ޖެހޭ ކަމަށް ބުނެފައެވެ. ފުޓްބޯޅަ އަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ ކުޅިވަރަށްވާއިރު, އެއީ އެއްވެސް ހާލަތެއްގައި ވަކި ފަރުދަކަށް ނޫނީ ބަޔަކަށް އޮތް ހައްގެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެފްއެފްއީގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން ފީފާ އިން އިންތިޒާމްކުރާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުމާއިއެކު ފީފާގެ ގިނަ މެމްބަރ އެސޯސިއޭޝަން ތަކުންވަނީ އެކަމާއި ދެކޮޅަށް ތެދުވެފައެވެ.

އިންފަންޓީނޯ ވަނީ އެފްއެފްއީގެ ތެރެއިން ގޯސްތަކެއް ހެދިފައިވާތީވެ އެކަމަށް މާފަށް އެދިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2026 08 13T094344Z 583864029 RC2VTMA5TI8B RTRMADP 3 SOCCER ASIA INFANTINO

ފީފާ އިޞްލާހުކުރަން އިންފަންޓީނޯ ފޮނުވި ސިޓީއަކީ އިންތިޚާބީ މަކަރެއް

Skynews infantino fifa

އިންފަންޓީނޯގެ ރާގު ބަދަލުވެ، ފީފާ އިޞްލާހުކޮށްދޭން އެދިއްޖެ

2026 08 23T192114Z 521380084 RC2J4NAR5755 RTRMADP 3 FRANCE SAUDI

އިންފަންޓީނޯއާ ދެކޮޅަށް ނެރޭނީ ޔޫރަޕް މީހެއް: ޔުއެފާ

4554763

އިންފަންޓީނޯއަށް ކުރަމުންއައި ތާޢީދު ފްރާންސުން އަނބުރާ ގެންގޮސްފި