ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

TTH_Ads
STO_Ads
Advertisement

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން މިވަނީ ފަށާފައެވެ. މި މަސައްކަތް ނިންމާ ދުވަސް ކަނޑައަޅާފައިވާއިރު، ބަނދަރު ބަދަލު ކުރުމާއެކު މިއަންނަނީ ކިހާވަރެއްގެ ބަދަލެއްކަން ވަޒަންކޮށްލަން ރަނގަޅެވެ.

މިހާރު އެމްޕީއެލް ބަނދަރުގެ ތުރޫޕުޓް ނުވަތަ އަހަރެއްގެ ތެރޭގައި ކޮންޓެއިނަރ ހޭންޑަލް ކުރާ މިންވަރަކީ، ގާތްގަނޑަކަށް 80،000 ޓީއީޔޫއެވެ. ނަމަވެސް އައު ބަނދަރާއެކު މިއަދަދު 390،000 އަށް އިތުރު ކުރެވޭނެއެވެ. އެވަރޭޖްކޮށް ރާއްޖެ އަންނަ ބޯޓެއް ފުރުވާލުމަށް މިހާރު 10 ދުވަހާއި 14 ދުވަސް ނަގާއިރު، މި މަސައްކަތް ނިމުމުން ރާއްޖެއަށް އަންނަ އާގުބޮޓޯއް ހުސްކޮށް ބަރު ކުރުމަށްފަހު ގާތްގަނޑަކަށް 2 ދުވަސް ތެރޭ ފުރުވާލެވޭނެއެވެ. މިއީ، ހިންގުމަށް އަންނާނެ އަދި ރައްޔިތުންނަށްވެސް އެނގުންވާނެ ވަރުގެ ބޮޑު ބަދަލަކަށްވާނެއެވެ.

ރާއްޖެއަކީ، ގާތްގަނޑަކަށް ހުރިހާ މުދަލެއްހެން އެތެރެ ކުރާ ޤައުމެކެވެ. ގާތްގަނޑަކަށް 90،000 އަށްވުރެ ގިނަ ބާވަތުގެ މުދާ މިހާރު ދިވެހިރާއްޖެއަށް އެތެރެ ކުރާއިރު، ރާއްޖެއަށް މިހާރު އެތެރެކުރާ ހުރިހާ މުދަލެއްހެން އެތެރެކުރަނީ މާލެ ވިޔަފާރި ބަނދަރަށެވެ. ބައެއް ބާވަތުގެ މުދާ ސަރަހައްދީ އެހެން ބަނދަރުތަކަށް ގެންދިޔަ ނަމަވެސް އެ ބަނދަރުތަކުގެ އޮޕަރޭޝަންތައް އެހާ ފުޅާއެއް ނޫނެވެ.

HajjCop_ads
Advertisement

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާއިރު، މިކަން ހިސާބު އަދަދުތަކަށް އަތުރާލީމާ މިއީ ކިހާ މުހިންމު ބަދަލެއްކަން ސާފުވެގެން ދެއެވެ. އަދުގެ ސަރުކާރުންވެސް އަދި މީގެ ކުރީގެ ސަރުކާރުތަކުންވެސް ފާހަގަކުރާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމެވެ. މިހާރު ބޭނުން ކުރާ ބަނދަރުގެ މަގަތު ފާލަމަކީ، ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެހެން ބަނދަރުތަކާއި އަޅާބަލާއިރު ވަރަށް ކުޑަ މަގަތުފާލަމެކެވެ. ބައިނަލްއަޤްވާމީ މަގަތުފާލަމަކީ، 100 މީޓަރުގެ މަގަތުފާލަމެކެވެ.

ނަމަވެސް ތިލަފުށީގައި ތަރައްޤީ ކުރާ ބަނދަރުގައި ފުރަތަމަ ބޭނުންކުރަން ފަށާ މަގަތުފާލަމަކީވެސް 100 މީޓަރުގެ މަގަތުފާލަމެކެވެ. އެމްޓީސީސީއާއި ހަވާލުކޮށްގެން މިމަގަތުފާލަން ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިމަގަތު ފާލަން މިއަހަރު ފަހުކޮޅަށް ބޭނުން ކުރަން ފެށުމަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އަމާޒެކެވެ. މުޅި މަޝްރޫއު ނިމިގެންދާއިރު 1400 މީޓަރުގެ ބައިނަލްއަޤްވާމީ މަގަތުފާލަމެއް ބޭނުން ކުރާނެއެވެ.

ބައިނަލްއަޤްވާމީ މަގަތުފާލަން ފުޅާވާވަރަކަށް ބަނދަރުން އަހަރެއްގެ މައްޗަށް ހެންޑްލް ކުރާ ކޮންޓެއިނަރުގެ އަދަދުވެސް އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ. މަގަތުފާލަން ފުޅާވުމުން ކައިރި ކުރާ ބޯޓުތަކުގެ އަދަދު އިތުރުވުމުގެ އިތުރުން ބަނދަރު މަތީ ދާއިމަށް ޤާއިމްކޮށްފައި ހުންނަ ސީ-ޓު-ޝޯ ކްރޭނާއި އެކި ދިމާތަކުގައި ބޭނުންކުރާ މޯބައިލް ހާބަރ ކްރޭންތަކާއެކު ބޯޓުތައް ހުސްކޮށް ބަރުކުރާ މިންވަރު އަވަސް ކުރެވޭނެއެވެ. މިހާރު ބޭނުންކުރަނީ، ބޯޓުތަކުގައި ހުންނަ ކްރޭންތަކެވެ. މިއީ، ހަލުވި މަސައްކަތެއް ނޫނެވެ.

މިވަގުތު މާލޭ ވިޔަފާރީ ބަނދަރުގައި އޮންނަ މަގަތު ފާލަމަކީ، 100 މީޓަރު ދިގު، 9 މީޓަރު ފުންމިނުގެ މަގަތުފާލަމެކެވެ. މިހެންވުމުން އެއްފަހަރާ ގިނަ ބޯޓުތައް ކައިރި ކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާއެކު ބައެއް ބޮޑެތި ބޯޓުތަކަށް އެކަށީގެންވާ ފުންމިން ނުލިބުމުން ކައިރި ނުކުރެވެއެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް މަގަތުފާލަމާއި ކައިރިނުކޮށް ބޯޓު ހުސްކުރުމުގެ އޮޕަރޭޝަން ނުވަތަ އުޓަރ އެންކަރޭޖް އޮޕަރޭޝަން ޚިދުމަތް މިވަގުތު ދެއެވެ. ނަމަވެސް ތިލަފުށީގެ އައު ބަނދަރާއެކު މި އޮޕަރޭޝަންތައް މުޅިން އެއްކޮށް ހުއްޓާލުމަށް ވަނީ ނިންމާފައެވެ. އައު ބަނދަރުގައި މަގަތުފާލަމުގެ ފުން މިނުގައި 14 މީޓަރު ހުންނާއެވެ.

ޒަމާނީ ގިނަ ބަދަލުތަކަކާއެކު ތިލަފުށްޓަށް ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށި ބަދަލު ވެގެންދާއިރު، މި ތަނަކީ ތަނުގެ ހުރިހާ މަސައްކަތެއްވެސް ދިވެހިންގެ ފުރިހަމަ ބެލުމުގެ ދަށުން ހިންގާނެ ސައްތައިން ސައްތަ ދިވެހީންގެ ބަނދަރަކަށްވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

MPL

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ

B 202608060845411786031141.741

ތިލަފުށި ބަނދަރު މަޝްރޫއާ ގުޅޭގޮތުން އެމްޕީއެލް ސްޓޭކްހޯލްޑަރުންގެ ހާއްސަ ބައްދަލުވުމެއް

Thilafushi port

ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި