ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށީގައި އެއްގަމު ތޮއްޓެއް ހަދައި ޕޭވްމަންޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ބިނާކުރުމާއި ޕޭވްމަންޓް އެޅުމުގެ ބޮޑު މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީގެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޮޑު ކުރިއެރުމެއް އަންނާނެ މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި:

HajjCop_ads
Advertisement

ބަނދަރުގެ ބޭސިން ފުންކޮށް ހިއްކުން.
112 މީޓަރުގެ އެއްގަމު ތޮށި ޝީޓްޕައިލް ކުރުން.
30 ޓަނުގެ ބޯލާޑްސް (އުޅަނދުފަހަރު އައްސާ ތަންތަން) ޖެހުން.
ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ފުރިހަމަކުރުން.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުމްލަ 18.80 މިލިޔަން ރުފިޔާ އަށެވެ. އަދި މި މަސައްކަތް އެއްބަސްވުމުގައިވާ ގޮތުގެ މަތިން 120 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމަން ޖެހެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން، އެމްޕީއެލްއިން ތިލަފުށީގައި ހިންގަމުންދާ ކާގޯ އަދި ސިނާއީ އެކި އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި އާންމުންނަށާއި ވިޔަފާރިވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުدަނާވެ، އަވަސްވެގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެއެވެ.

މި މަޝްރޫއު ކުރިއަށް މިގެންދަނީ ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ އެތައް ސަތޭކަ މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާފައިވާ، ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީގެ ބެލުމުގެ ދަށުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ އިލެކްޓްރިކަލް ވަޔަރިންގެ މަސައްކަތް ކުރިއަށްދަނީ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި