ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށީ އެމްޕީއެލް ސައިޓުގެ ކުއޭ ވޯލް މަޝްރޫއު ބާރުު ސްޕީޑުގައި ކުރިއަށް

STO_Ads
TTH_Ads
Advertisement

ކ. ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސައިޓުގައި 100 މީޓަރުގެ ކުއޭ ވޯލްއެއް ފަރުމާކޮށް އިމާރާތްކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމާއި، ބިން އެއްވަރުކުރުމުގެ އިތުރުން އިތުރުވެފައިވާ ވެލިތައް ނެގުމުގެ މަސައްކަތްތަކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 1 ޖޫން 2026 ގައެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައުދީއެވެ. ޖުމްލަ 18.8 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.

HajjCop_ads
Advertisement

މަޝްރޫއުގެ މުހިންމު ބައިތައް

މި މަޝްރޫއުގެ ދަށުން 100 މީޓަރުގެ ޑޮމެސްޓިކް ކުއޭ ވޯލްއެއް ހެދުމާއި، 6,775 އަކަމީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް އެޅުން ހިމެނެއެވެ. މީގެއިތުރުން ބަނދަރު ފުންކުރުމާއި، 112 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖެހުމުގެ އިތުރުން 30 ޓަނުގެ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި، މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމެވެ. މިއީ މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރެވޭ ސަރަހައްދެކެވެ.

ތިލަފުށީގައި ކުރިއަށްދާ މި މަސައްކަތަކީ މާލޭ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ މުހިންމު ބައެކެވެ. ސަރުކާރުގެ އަމާޒަކީ 11 ނޮވެމްބަރު 2027 ގެ ނިޔަލަށް ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް ތިލަފުއްޓަށް ބަދަލުކޮށް، މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Da352f59 89a6 4400 a330 61d207cfa9cb

ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނުނިމޭތީ: އެމްޓީސީ

788

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ބަސް ދަތުރުތައް އަލުން ފަށައިފި

Big 4j0ssZJfBcUBwVX9xR6rfQ2LQ

އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

43

އަމީނީ މަގުގައި އަލުން ތާރުއެޅުމަށް ބޭނުންވާ ޕްރީ-ކޮންސްޓްރަކްޝަން ސާވޭ ފަށައިފި