ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ޖެޓީމަތިން 3 ލައްކަ ރުފިޔާގެ ފޮށި ވަގަށްނެގި މީހާ ހައްޔަރުކޮށްފި

90
Maldivian_Ads
STO_Ads
TTH_Ads
Advertisement

މާލޭގެ ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިން ޒޯނާ ދިމާ ޖެޓީމަތިން ތިންލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ ހުރި ފޮއްޓެއް ވަގަށްނެގި މައްސަލައިގައި ލ. މުންޑޫއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މުންޑޫ، ސެވެންސްޓަރ، ޢަލީ ނާޡިމް އެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މީނާ ހައްޔަރުކޮށްފައި ވަނީ މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިން ޒޯންއާ ދިމާ ޖެޓީމަތީގައި ބަހައްޓާފައި ހުއްޓާ ގެއްލިގެން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ފޮށީގައި ތިންލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ހުށަހެޅުމާއެކު އެ ފޮށި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އެގޮތުން، އެ ސަރަހައްދުގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ބަލައި އަދި ތަހުގީގުގެ ތެރެއިން ކުރެވުނު އެކި މަސައްކަތުން، އެ ފޮށި ވަގަށްނެގި މީހާ ދެނެގަނެ ފޮށި ގެންދިޔަ ތަން ފުލުހުން ވަނީ ހޯދާފައެވެ.

HajjCop_ads
Advertisement

އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ޢަލީ ނާޡިމް ހައްޔަރުކޮށް، އޭނާ ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު 248,500 އަށްވުރެ ގިނަ ރުފިޔާއާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7,000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ނެޓްވޯކެއް، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

Hiyaa

ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ހައްޔަރުކޮށްފި

ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުން

ފ. އަތޮޅުގައި ފަސްޓް އެއިޑް ޓްރެއިނިންގ ކޯހެއް ކުރިއަށް ގެންގޮސްފި