ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ނޭޗަރ ޕާކް އިތުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

HOzmWv3aEAAqh6e
STO_Ads
TTH_Ads
Advertisement

އައްޑޫސިޓީ ނޭޗަރ ޕާކުތައް އިތުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތިމާވެށްޓާބެހޭ ވުޒާރާއިން ބުނީ އެ މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުން އައްޑޫ ސިޓީއަށް ގޮސް މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފައިކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ފާހަގަކޮށް، މަޝްރޫޢާ ގުޅޭ މަޢުލޫމާތު ހިމެނޭ ބޯޑުތައް ވެސް މިހާރު އެ ސަރަޙައްދުތަކުގައި ހަރުކޮށްފައިވާކަމަށެވެ. މި މަޝްރޫޢަކީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ރާއްޖޭގައި ތަންފީޒުކުރަމުންދަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، ނޭޗަރ ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގާއިމުކޮށްދިނުމެވެ. މީގެ އިތުރުން، މި ތަންތަނަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.

އައްޑޫ ސިޓީގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިކޯ-ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫޢަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ. މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މީގެ ސަބަބުން އައްޑޫގެ ތިމާވެށީގެ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ތިމާވެއްޓާއި ބޭހޭ ވުޒާރާއިން ބުންޏެވެ.

HajjCop_ads
Advertisement

 

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އަލުން ތަރައްޤީކުރުމަށް ފެށުމުގެ ކުރިން ޚާއްސަ މިތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެެވެ.

10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫގައި ޤާއިމުކޮށްފައިވާ 16 މިލިއަން ޑޮލަރުގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓް އަމިއްލަ ފަރާތަކާ ހަވާލުކުރަނީ

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

Raees Muiz

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް އިޞްލާޙު ގެންނަވައިފި

“މަގޭ ސާފު ރާއްޖެ” މަހާސިންތާ ފަށައިފި