ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ނައިބު ރައީސްގެ މަޤާމަށް ސަޢީދާއި ޝުޖާޢު ވާދަކުރައްވަނީ

BeFunky collage (1)
TTH_Ads
STO_Ads
Maldivian_Ads
Advertisement

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސްގެ މަޤާމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވާދަކުރައްވަން ނިންމަވައިފިއެވެ.

ޕީއެންސީގެ ކޮންގްރެސް އޮންނާނީ ސެޕްޓެމްބަރު މަހުއެވެ. ގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ ޕީއެންސީގެ މަތީ މަޖިލީހުންނެވެ.

ޕީއެންސީގައި މިވަގުތުވެސް 6 ނައިބުން ތިއްބަވާއިރު، ސަޢީދާއި ޝުޖާޢުއަކީވެސް ނައިބު ރައިސުންނެވެ.

HajjCop_ads
Advertisement

ސަޢީދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އަދި ޕާޓީގެ އުޚުއްވަތްތެރި މެންބަރުންނަށް ޚިދުމަތްކުރުމުގެ އިޚްލާޞްތެރި ޢަޒުމުގައި އެ މަޤާމަށް އޭނވާދަކުރަނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ހަރުދަނާ ލީޑަރު ޑރ މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތާއީދާއި އިތުބާރާއެކުކަމަށެވެ. ޕީއެންސީ އުފައްދައި ކުރު މުއްދަތެއްގެ ތެރޭ ބޮޑެތި ކާމިޔާބީތަކަކާއި ރައްޔިތުންގެ މަޤްބޫލުކަން ހޯދުމުގައި ޕާޓީގެ ލީޑަރޝިޕްގައި މިއަދާ ހަމަޔަށްވެސް ޚިދުމަތްކުރަމުން ދިޔަ އެކެއްގެ ޙައިޘިއްޔަތުން، އަދި ދިވެހިވަންތަ ޤައުމީ ފިކުރުގައި ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ފަހި ވަގުތުތަކާއި އުނދަގޫ ޙާލަތްތަކުގައިވެސް، ހިތްވަރާއި ސާބިތުކަމާއެކު ދެގޮތެއްނުވެ ދެމިހުރުމުގެ ތަޖްރިބާތަކާއެކު. އޭނާގެ އަމާޒަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޙިކްމަތްތެރި އަދި ހަރުދަނާ ލީޑަރޝިޕްގެ ދަށުން ކޮންގްރެސް ޕާޓީ އިތުރަށް ކުރިއަރުވައި، ޕާޓީއަށް ލިބިފައިވާ ކާމިޔާބުތައް ދަމަހައްޓައި، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އެންމެ އާރުލާ އެންމެ ޚިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ކޮންގްރެސް ޕާޓީ އަބަދުވެސް ބޭއްވުންކަމަށް ސަޢީދު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ، ޕީއެންސީގެ މަތީ މަޖިލީހުގައި އެ ޕާޓީގެ ނައިބުރައީސްކަމުގެ މަގާމަށް ކުރިމަތިލައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސްް ޕާޓީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ތާއީދާއި ރުހުމާއެކުކަމަށެވެ.

ޝުޖާއު ވިދާޅުވީ ކޮންގްރެސް ޕާޓީ އިދިކޮޅުގައި އޮތް އިރު އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރެއްވިކަަމަށެވެ. އަދި ޕާޓީއަށް އިހުލާސްތެރި މަސައްކަތްތަކެއް މިއަދާ ހަމައަށް އައިރު ކޮށްދެވިފައިވާކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ ހުރިހާ ހާލަތެއްގައިވެސް އިސްކަންދީގެން މަސައްކަތް ކުރަނީ ޕާޓީއާއި އާއްމު މެމްބަރުންގެ މަސްލަހަތަށްކަމަށެވެ.

މީގެ އިތުރަށް ޕާޓީގެ ވެރިކަމުގައި ރައީސްގެ ސިޔާސަތުތަކާ ގުޅޭ ވާހަތައް އެންމެ އަޑުހަރުކޮށް ދައްކަވައި، ޕާޓީގެ އާންމު މެމްބަރުންނާ އެންމެ ގާތުން ހިދުމަތްކުރެއްވުމުގެ އިތުރުން މިވީހާ ތަނަށް ޕާޓީގެ އާންމު މެމްބަރުންނާއެކު ޕާޓީން އުފުލި ކޮންމެ އުފަލާއި ހިތާމައިގައި ބައިވެރިވެ އެންމެ ގާތުން މަސައްކަތްކޮށްދީފައިވާކަން ޝުޖާއު މި މަގާމަށް ގެންނަންވީ ސަބަބުގެ ގޮތުގައި ދެއްކެވިއެވެ.

މިވަގުތު އެންމެ މެންބަރުން ގިނަ ޕާޓިގެ ގޮތުގައި އޮތީ ޕީއެންސީއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large 178953707520OUJw

ނިމާލާއި އަސްމާ ކަޓައި، ޕީއެންސީއަށް 6 ނައިބު ރައީސުން އިންތިޚާބުކޮށްފި

pnc

ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ބަލިވާ ބައެއް ތިބޭނެ ބައިބައިނުވެ ދާންވީ ކުރިއަށް: ރައީސް

DSC

1300އަށްވުރެ ގިނަ މަންދޫބުންނާއެކު ޕީއެންސީގެ ތާރީޚީ ބޮޑު ކޮންގްރެސް ފަށައިފި

DSC

މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ އެންމެ ފުރިހަމަ ކޮންގްރެސް، އެހެން ޕާޓީތަކުން ތަޖުރިބާކުރަން ދަޢުވަތުދެން: އަދުރޭ