ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުފެއްދުންތެރިކަމުގެ މައުރަޒާއެކު ފަތުރުވެރިކަމުގެ ތެރެއިން ދިވެހި އުފެއްދުންތަކަށް ފަހި މާކެޓެއް

Minister saeed
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން، ފަތުރުވެރިކަމުގެ ސިނާއަތް މެދުވެރިކޮށް ރާއްޖޭގެ އުފެއްދުންތެރިންނަށް ބޮޑެތި މާކެޓުތަކެއް ހުޅުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މި މަޢުރަޒަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިފަހަރުގެ މަޢުރަޒުގައި “ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް” އެއް ހިމަނާފައިވާ ކަމަށެވެ. މި ބައިގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އެކި ރަށްރަށުގެ ހުރި ޚާއްޞަ ސަގާފަތާއި އަމިއްލަވަންތަ އުފެއްދުންތެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެގޮތުން މި ޑިސްޓްރިކްޓުގައި ރާއްޖޭގެ 22 ރަށަކުން ބައިވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނައިރު، މި މަޢުރަޒުގެ ސަބަބުން ކޮންމެ ރަށެއްގެވެސް ވަކިވަކި ސަގާފަތާއި ތަފާތު ސިފަތައް އިޝްތިހާރު ކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، ކެބިނެޓް ފެންވަރުގައި “ވިޒިޓަރ އިކޮނޮމީ ކައުންސިލް” އެއް އުފައްދާފައިވާ ކަމަށާއި، އޭގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިންގެ ފަރާތުން ރަށްރަށުގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ފަތުރުވެރިކަމަށް ބަރޯސާވާ އިޤްތިޞާދުގެ ތެރެއިން އުފެއްދުންތެރިންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރިސޯޓުތަކަށް ތަކެތި ސަޕްލައިކުރާ ފަރާތްތަކަށާއި، ރިސޯޓު ފިހާރަތަކުގައި ދިވެހި އުފެއްދުންތައް ވިއްކާ ފަރާތްތަކަށް ގެސްޓްހައުސްތަކާއި ރިސޯޓުތަކުގެ އިތުރުން ބައިނަލްއަޤްވާމީ މާކެޓަށް ނުކުމެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ވިސްނުމެއް ކަމަށެވެ.

އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި ހުންނަ “އޮތެންޓިކް މޯލްޑިވްސް” ގެ ޖާގަ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް 100 އަކަމީޓަރަށް ބޮޑުކޮށްދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޖާގަ ހަމަޖައްސަވާފައިވަނީ ޕާސްޕޯޓް ކޮންޓްރޯލް ނިންމުމަށްފަހު ފަސިންޖަރުންނަށް އެންމެ ފަސޭހައިން ފެންނާނެ އެންމެ މުހިންމު ސަރަހައްދުންނެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި “ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް” ގެ އިތުރުން ޗައިނާ، އިންޑިއާ އަދި ޔޫއޭއީގެ މައުރަޒުވެރިންނަށްވެސް ފުރުޞަތު ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޤައުމުތަކުން މަޢުރަޒުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ސިނާއަތަށް ބައިނަލްއަޤްވާމީ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ބަލައިގަންނަ ތާރީހުތައް އިއުލާނުކޮށްފި

402555 3d164197 4

އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000އަށްވުރެ ގިނަ އުފެއްދުންތައް

minister saeed

ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް މިހާރުވެސް ދަނީ ހިނގަމުން: ސަޢީދު

ufeduntheri mauraz

އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ބަލައިގަންނަން ފަށާނީ އަންނަމަހު: ބީސީސީ