ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފޯމު ހުށައަޅައިފި: ސަޢީދު

HRI at5a8AAVsAO (1)
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް އެދި 700 އަށްވުރެ ގިނަ މީހުން ފޯމު ހުށަޙަޅައިފިއެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިފަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށެވެ. އަދި އެ އަދަދަކީ މިދިޔަ އަހަރު ބޭއްވި މައުރަޒަށް ހުށަހެޅި ފޯމްތަކާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު މައުރަޒަކީ ކުރިއަރަމުންދާ ވިޔަފާރިތަކާއި އަލަށް ވިޔަފާރިކުރަން ނުކުންނަ ފަރާތްތަކަށް އެމީހުންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށެވެ.

HajjCop_ads
Advertisement

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން މިދިޔަ އަހަރު ހުށަހެޅީ، 270އެއްހާ މީހުންނެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.

މިއަހަރުގެ މައުރަޒު އޮކްޓޯބަރު މަހުގެ ފަހު ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމާ ގުޅޭ މުހިންމު މަރުޙަލާތައް ފުރިހަމަކޮށް ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިއަހަރު މައުރަޒަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިމަތިލެވޭ އުމުރުފުރާއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަހަރު 13 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭ ގޮތަށްވަނީ ބަދަލުގެނެސްފައެވެ.

އުފެއްދުންތައް ދައްކާލުމުގެ އިތުރުން މި ހަރަކާތުގައި ވިޔަފާރިތައް މާކެޓު ކުރުމާއި، ތަކެތި ވިއްކުމަށް އެކި ޑިސްޓްރިކްޓުތައް ހިމެނެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޯބަރު މަހުގެ 23އިން 31ވަނަ ދުވަހުގެ ނިޔަލަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 500އަށްވުރެ ގިނަ މީހުން ފޯމު ހުށަޙަޅައިފި

Maurazu 2048x1347

އުފެއްދުންތެރިކަމުގެ މައުރަޒަށް ފަނޑިޔާރުން ހޯދަން ހުޅުވާލައިފި

Minister Saeed

އިޤްތިޞާދު ނުރައްކަލަށް ހުށައެޅޭނެ ވާހަކަ ދައްކަނީ އިދިކޮޅުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން: ސަޢީދު

BeFunky collage (1)

ޕީއެންސީގެ ނައިބު ރައީސްގެ މަޤާމަށް ސަޢީދާއި ޝުޖާޢު ވާދަކުރައްވަނީ