ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރުގެ ފުރަތަމަ 6 މަސްދުވަހު ބޭރުކުރީ 16،991 މެޓްރިކް ޓަނުގެ މަސް

masverin
TTH_Ads
Maldivian_Ads
STO_Ads
Advertisement

އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 16,991 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާކަމށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ބޭރު ކޮށްފައިވަނީ، ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 16,991 މެޓްރިކް ޓަނުގެ މަސް ބޭރު ކޮށްފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތުގައި ބޭރުކުރި 44,791 މެޓްރިކް ޓަނުގެ މަހާއި އަޅާބަލާއިރު، 62 އިންސައްތަ ދަށް އަދަދެކެވެ.

6 މަސް ދުވަހުގެ ތެރޭގައި 10,603 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ވަނީ ބޭރު ކޮށްފައެވެ. މިއީ، 2025ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ބޭރު ކުރި 36,112 މެޓްރިކް ޓަނުގެ ކަޅުބިލަ މަހާއި އަޅާބަލާއިރު 70 އިންސައްތަ ދަށް އަދަދެކެވެ. ދަޅުގައި ބަންދުކޮށްގެން ބޭރުކުރި މަހުގެ އަދަދުވެސް ވަނީ 11 އިންސައްތަ ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ 6 މަހު ދަޅުގައި ބަންދު ކޮށްގެން ބޭރު ކޮށްފައިވަނީ، 2,702 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު އުޅުނީ، 3,056 މެޓްރިކް ޓަނުގައި ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

HajjCop_ads
Advertisement

ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު ދަށްވެފައިވަނީ، މިމުއްދަތުގެ ތެރޭގައި މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ. އެެހެންނަމަވެސް މިމުއްދަތުގެ ތެރޭގައި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގު މަތިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަހަރުގެ ކުރީކޮޅު ކަޅުބިލަމަހުގެ ކިލޯއެއް 16 ރުފިޔާއަށް ގަތް ނަމަވެސް މިހާރު މަސް ގަންނަމުންދަނީ 20 ރުފިޔާއަށެވެ.

ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކޮށް، މަގުގެ އުފެއްދުންތައް އަގުއެއްކޮށްގެން ބޭރުކުރުމަށް މަސައްކަތްކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HSEwq3va4AAfplB

މިދިޔަ ހަފްތާގައި އިތުރު 4 ކަނދުފަތި އަޅައިފި

Main 20250410

މިހާތަނަށް 99 ކަނދުފަތި އަޅައިފިން: މަސްވެރިކަމާބެހޭ ވުޒާރާ

IMG

މިހާތަނަށް މަސްވެރިންނަށް 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ: ޝިޔާމް

masverin

މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގެނައި އިޞްލާހު ތަސްދީޤުކޮށްފި