ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގެނައި އިޞްލާހު ތަސްދީޤުކޮށްފި

masverin
TTH_Ads
STO_Ads
Maldivian_Ads
Advertisement

ސްވެރިކަމުގެ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.

މި އިޞްލާޙުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާއި މަސްވެރި އުޅަނދުތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ކުރުން ހުއްދަކުރެވިފައިވާ މަސްވެރިކަން ކުރުމާއި، އެކުއަކަލްޗަރކުރުމުގެ އުސޫލުތަކާއި، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމާ ބެހޭ އުސޫލު ބަޔާންކުރުމާއި މި ނޫންވެސް ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ އިޞްލާޙުތައް ގެނައުމެވެ.

HajjCop_ads
Advertisement

މި އިޞްލާޙާއެކު، ރައްކާތެރިކަމާއެކު މަސްވެރި އުޅަނދުފަހަރު ބަނދަރުކުރުމަށް ތަރައްޤީކުރެވިފައިވާ، މަސްވެރިކަމަށް ޚާއްޞަކުރެވިގެން ފޯރުކޮށްދޭ ޚިދުމަތްތައް ލިބޭ، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެފަދަ މަސްވެރިކަމާ ފެސިލިޓީތައް ތަރައްޤީކޮށް ހިންގުމަށް ކަމާގުޅޭ ވުޒާރާއިން އުސޫލުތައް އެކުލަވާލަންވާނެ ކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކުއަކަލްޗަރކުރުމަށް ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭ ގޮތްތައް ފުޅާކޮށް، އެކަމާ ގުޅޭ އުސޫލުތައް ވެސް މި އިޞްލާޙުގައި ވަނީ ކަނޑައަޅާފައެވެ.

މި ބިލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އެ އުޅަނދެއްގެ ފްލޭގް ސްޓޭޓް ޒިންމާދާރުކުރެވޭނެ ހަމަތައް ކަނޑައެޅުމާއެކު މަސްވެރިކަމުގެ ޤާނޫނާ ގަވާއިދުތައް ތަންފީޒުކުރުމުގައި މިނިސްޓްރީން ޢަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެގޮތުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ކުށް ކަނޑައަޅައި، އެ ކުށުގެ އަދަބާއި، ޖޫރިމަނާކުރެވޭ އަދަދުތަކަށް ވަނީ އިޞްލާޙު ގެނެސްފައެވެ. މި އިޞްލާޙުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471410 c5d2627e c

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ކައުންސިލުގެ ބިން ނެގޭގޮތަށް ގެނައި އިޞްލާހު ތަސްދީޤްކުރައްވައިފި

IMG

މިހާތަނަށް މަސްވެރިންނަށް 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ: ޝިޔާމް

raees Muiz

އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނެ. ތަފާތެއް ނުކުރާނެ: ރައީސް

471312 7b054693 6

ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ބަދަލުކުރަން 10 ވަރަކަށް އަހަރު ނަގާނެ: ރައީސް