ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

STO_Ads
TTH_Ads
Advertisement

ރާއްޖެއާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށްޓަކައި އެކުލަވައިލި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ.

ތުރުކީ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ހަތަރު ވަނަ ދުވަހެވެ. މި އެއްބަސްވުމުގައި  ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓް އެވެ. މި އެއްބަސްވުމަކީ 2023 ވަނަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތުރިކީވީލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ކުރެވުނު މަޝްވަރާތަކަށް ފަހު ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ސަބަބުން، ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ދާއިރާއިން ހާއްސަ ލުއިތަކެއް ލިބިގެންދާނެއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރުކުރުމާއި، ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ދެ ގައުމުގެ ކުންފުނިތަކަށް ވިޔަފާރީގެ އާ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމެވެ.

HajjCop_ads
Advertisement

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމުކުރެވުނު “މޯލްޑިވްސް-ތުރުކީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް” (އެމް.ޓީ.ޕީ.ޓީ.އޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެކަން ހާމަކޮށްފައެވެ. މިއީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުމުގައި ހޯދުނު ވަރަށް މުހިންމު ކުރިއެރުމެއްކަމަށް ވުޒާރާއިން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން ތުރުކީން ގެންނަ މުދަލުން ޑިއުޓީ ނުނެގުމުގެ އިތުރަށް ދިވެހިރާއްޖެއިން ތުރުކީއަށް ފަސޭހައިން މުދާ ބޭރުކުރެވޭނެއެވެ. ހާއްސަކޮށް މަހާއި މަހުގެ އުފެއްދުންތައް ތުރުކީ ބާޒާރަށް ބޭރުކުރަން މަގު ހުޅުވޭނެއެވެ. އެގޮތުން ދިވެހި ކަނޑުމަސް ތުރުކީވިލާތަށް ބޭރުކުރުމަށް މަގުފަހިކޮށް 85 މިލިއަން މީހުންގެ މާކެޓެއް މި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހުޅުވިގެންދާނެ ކަމަށް ވުޒާރާގެ ބަޔާނުގައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ދެ ޑިއުޓީ މައާފްވެ ނުވަތަ ކުޑަކުރެވިގެންދާނެއެވެ.  އޭގެ އިތުރަށް ތުރުކީގެ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓުކުރަން ފަސޭހަވާނެ ގޮތަށް އެއްބަސްވުމުގެ ތެރެއިން ކަންކަން ފަހިކުރެވި، އެގައުމުން ރާއްޖެއަށް އަންނަ އިންވެސްޓުމެންޓުތައް އިތުރުވެގެންދާ ކަމަށް ވުޒާރާއިން ބުންޏެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތުގެ އިގްތިސާދީ ގުޅުމުގައި ފެށުނު އައު ބާބެއްގެ ގޮތުގައި ސިފަކޮށް ވުޒާރާގެ ބަޔާނުގައި  ބުނީ އެއްބަސްވުމުގެ ދަށުން އަސާސީ ކާބޯތަކެތި ތުރުކީ މަގުން އެތެރެކުރުމަށް ލުއިތަކެއް ލިބި، އިމްޕޯޓް މުދާ އެތެރެކުރާ މާކެޓުތައް އިތުރުވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ތަކެތީގެ އަގު ހިފަހައްޓާ ރާއްޖޭގެ އެކްސްޕޯޓުގެ ސިނާއަތް ހަރުދަނާވެގެންދާނެކަމަށެވެ.

ވުޒާރާއިން ބުނީ މިއީ އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމާއި ތަނަވަސްކަން ހޯދުމަށް ދެ ގައުމުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

ހަމައެއާއެކު، މިއީ ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ނެރުމަށާއި، ޒަރޫރީ މުދާ މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށާއި، އިގްތިސާދީ ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ދެފަރާތަށް ފައިދާހުރި ގުޅުންތައް ގާއިމުކުރުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގެ ރަމްޒެއްގެ ގޮތުގައި މިކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

17a95d20 4b64 4914 81e8 d9b015a10010

ޕީއެންސީގެ ކޮންގްރެސްއަކީ ދާޚިލީ ޑިމޮކްރަސީގެ ހަރުދަނާކަމުގެ ރަމްޒެއްކަން ސާބިތުކޮށްދޭނަން: ރައީސް

468055 0e51f4dd 8

ޤައުމުގެ ކަންކަން ނިންމުމުގައި ލަފާ އަރުވާ މަޖިލީސްތައް، 3 މަހެއްހާ ދުވަހުގެ ތެރޭގައި އުފެއްދޭނެ: ރައީސް

raeees muiz

އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމަޢު ސަމާލުވުމަށް ރައީސް ގޮވާލައްވައިފި

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި