ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވައިތުގެ ޢަމީރު ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްޞަބާހަށް ފޮނުއްވެވި ސިޓީފުޅެއް، އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާ ޖާބިރު އަލްއަޙްމަދު އަލް ޞަބާޙަށް އަރުވައިފި އެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުވައިތަށް ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ކުރައްވާ ދަތުރުފުޅެކެވެ.

ވަޒީރު މިއަދު ވަނީ ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާ ޖާބިރު އަލްއަޙްމަދު އަލް ޞަބާޙާއި ބައްދަލު ކުރައްވާފަ އެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވައިތުގެ ޢަމީރު ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްޞަބާހަށް ފޮނުއްވެވި ސިޓީފުޅެއް އެމަނިކުފާނަށް އަރުވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.