ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ސީއީއޯ ޝަރީފް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި

Qw
STO_Ads
Maldivian_Ads
TTH_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފިއެވެ. މިއީ މި ޝަރަފުވެރި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

މުހައްމަދު ޝަރީފް މި މަގާމަށް އައްޔަންކުރެއްވުމަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ބޯޑުން ނިންމާފައިވަނީ އެ ޖަމިއްޔާގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އައްޔަންކުރުމަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ބައިނަލްއަގުވާމީ ފެންވަރުގައި ތަމްސީލުކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ.

މުހައްމަދު ޝަރީފަކީ މީގެކުރިން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މުއްދަތުގައި އެސޯސިއޭޝަންގެ އިސްތިރާޖީ އިސްކަންދޭ ކަންކަމުގައި އޭނާ ވަނީ މުހިންމު ހިއްސާއެއްވެވަޑައިގެން، ސަރަހައްދުގެ މެންބަރު ބޭންކުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެހީތެރިވެދެއްވާފައެވެ. މީގެއިތުރުން، އޭނާގެ ހިންގުންތެރިކަމަށް އޮތް އިތުބާރު ހާމަކޮށްދެމުން، 2025 ވަނަ އަހަރު އަލުން އޭނާ ވަނީ އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައެވެ.

HajjCop_ads
Advertisement

މި އާ އައްޔަންކުރުމާއެކު، އޭޝިއާ ސަރަހައްދުގެ ބޭންކިން ދާއިރާގެ ކުރިއެރުމަށާއި، މެންބަރު ގައުމުތަކުގެ މެދުގައި މާލީ ގުޅުންތައް ބަދަހިކުރުމަށް އޭނާގެ ތަޖުރިބާގެ ބޭނުން އިތުރަށް ހިފިގެންދާނެއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން މުޅި ރާއްޖޭގެ މާލީ ސިނާއަތަށްވެސް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ޝަރަފެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

bml

އީ-ކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަނޑައަޅައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި

bml

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް ފީއެއް ދެން ނުނަގާނެ