ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިންމަނީ މިނިވަން ނިންމުންތަކެއް، އެއްވެސް ސިޔާސީ ނުފޫޒެއް ނެތް: ބީއެމްއެލް ސީއީއޯ

bml
Maldivian_Ads
TTH_Ads
STO_Ads
Advertisement

އޭޓީއެމް ނެޓްވަރކް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ސިނާޢަތަށް ބޭންކުން ވަންނަން ނިންމި ނިންމުމަކީ ސިޔާސީ ނިންމުންތަކެއް ނޫންކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވީ، އެބޭންކުގެ ނިންމުންތައް ސިޔާސީ ނުވާނެކަމަށާއި، އެފަދަ ވާހަކަތަކެއް ދެކެވޭ މައިގަނޑު ސަބަބެއްކަމަށް ޤަބޫލުކުރައްވަނީ ބޭންކުގެ އޭޓީއެމް ނެޓްވަރކް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ސިނާޢަތަށް ބޭންކުން ވަނުމުންކަމަށެވެ. އެހެންނަމަވެސް އެއީ ސިޔާސީ ނިންމުންތަކެއް ނޫންކަމަށާއި އެއީ، ބޭންކުގެ ބޯޑާއި މަޝްވަރާކުރެވި ނަގާފައިވާ ވިޔަފާރީގެ ނިންމުންތަކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

 އެއީ ސިޔާސީ ނިންމުންތަކެއް ނޫން. އެއީ ބޭންކްގެ ކުރިމަގަށްޓަކައި ބޭންކުގެ ކުރިއެރުމަށްޓަކައި، ބޭންކްގެ މެނޭޖްމަންޓުންނާއި ބޯޑުން މަޝްވަރާކޮށް ނަގާފައިވާ ބިޒްނަސް ޑިސިޝަންތަކެއް.

HajjCop_ads
Advertisement

ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭޓީއެމްގެ ޚިދުމަތް ފުޅާކުރެވުނީ ސަރުކާރުގެ ވަރަށް ބޮޑު އިންވެސްޓްމަންޓަކާއެކުގައިކަމަށެވެ. އެހެންކަމުން އެކަމުގައި ސަރުކާރަށް ކްރެޑިޓް ނެގިދާނެކަމަށެވެ. އެހެންނަމަވެސް ބޭންކުގެ ނަޒަރުން ބަލާއިރު، ބޭންކުން އެކަންކުރީ ސަރުކާރުގެ އިންވެސްޓްމަންޓާއެކު ބެންކަށް ލިބޭނެ ފައިދާއަށް ބެލުމަށްފަހުގައިކަމަށާއި ބޭންކުންގެ ނިންމުންތަކަކީ ވަކި ހަމަތަކެއްގެ މަތިން ބޭންކުގައި އޮތް ބޯޑުން ނިންމާ މިނިވަން ނިންމުންތަކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. އަދި ބައެއް ރަށްރަށުގައި ޑޮލަރުގެ އޭޓީއެމްވެސް އަންނަނީ ބަހައްޓަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި

bml

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް ފީއެއް ދެން ނުނަގާނެ

bml

ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ސިޓީއެއް ނުފޮނުވާ: ބީއެމްއެލް

ހަންކެޑެ ތަރައްގީކުރާ ކުންފުނީގެ އެމްޑީއަކަށް ބީއެމްއެލްގެ ޒަމްރާ