ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ

Qw
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ އަސްކަރީ ހިނގާލުން މާދަމާ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް އެމްއެންޑީއެފުން ނިންމައިފިއެވެ. މި ހިނގާލުމަކީ ރާއްޖޭގެ މިނިވަންކަމުގެ 61 އަހަރު ފާހަގަކުރުމުގެ ގޮތުން ސިފައިން އިސްނަގައިގެން ކުރިއަށް ގެންދާ މުހިންމު ހަރަކާތެކެވެ.

މާދަމާ ހަވީރު 16:30 ގައި ފަށާ މި ހިނގާލުމުގައި، އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެއެވެ. މި ހަރަކާތުގައި ސިފައިންގެ އެކި ޔުނިޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި، އަސްކަރީ ހުނަރުތަކުގެ އިތުރުން އެކި ބާވަތުގެ އަސްކަރީ އުޅަނދުތައް އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގެ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުން، އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ މައިގަނޑު މަގުތަކުގައި ކުރިއަށް ދާނެއެވެ. ހިނގާލުން ކުރިއަށްދާ ވަގުތު މައިގަނޑު ދެ ސަރަހައްދެއްގައި މަޑުކޮށް، މިލިޓަރީ ބޭންޑުން ގައުމީ ރާގުތައް ހުށަހަޅައިދޭނެއެވެ. އެގޮތުން ހުށަހެޅުންތައް އޮންނާނީ ސެންޓްރަލް ޕާކު ކައިރީ ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅޭ ކަންމައްޗާއި، ސިފްކޯ ފުލެޓް ކައިރީ ރީތިގަސްމަގާއި އަސުރުމާހިނގުން ގުޅޭ ކަންމަތީގައެވެ.

HajjCop_ads
Advertisement

ގައުމީ ޖޯޝާއި ފޯރި އިތުރުކޮށްދޭ މި ހިނގާލުމަކީ ކޮންމެ އަހަރަކު ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ހަރަކާތެކެވެ. މި ހިނގާލުން ކުރިއަށްދާ ވަގުތުތަކުގައި ހުޅުމާލޭގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެތީ، އެކަމަށް ސަމާލުކަން ދިނުމަށާއި، ޓްރެފިކް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

MNDF

“ފްރެންޑް 4” ދޯނިން ގެއްލުނު މީހުން ހޯދަން މާދަމާ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމަނީ

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

ލ. މާމެންދޫ ކަނބަލުންނަށް ސިފައިން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި