ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ އައްޑޫ ބްރާންޗުގެ ކޮރަޕްޝަން މައްސަލަތައް ބަލަން ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

88887
STO_Ads
Maldivian_Ads
TTH_Ads
Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ބްރާންޗުގައި ހިންގި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަ ބަލައި ތަހުގީގުކުރުމަށް ފުލުހުންނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ޚާއްސަ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، 2021 ވަނަ އަހަރުން 2023 ވަނަ އަހަރާ ދެމެދު ފެނަކައިގެ އައްޑޫ ބްރާންޗުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ޕެޓީ ކޭޝް ފައިސާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުން ތަކެތި ގަނެ، ލިޔެކިއުންތައް ފޯޖުކޮށް، ފައިސާ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަތަކުގެ ތެރޭގައި ހަރުދަނާ އުސޫލުތަކެއް ނެތުމުގެ ސަބަބުން އެއް ބިލަކަށް ދެ ފަހަރަށް ފައިސާ ދައްކައިގެން 36،494 ރުފިޔާ އިތުރަށް ޚަރަދުވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފަށް، ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރަކާ އާއިލީ ގުޅުން ހުރި ފިހާރައަކުން 1.52 މިލިއަން ރުފިޔާގެ ތަކެތި ހޯދާފައިވާކަން ވެސް ހާމަވެފައިވެއެވެ. މީގެ އިތުރުން ޕެޓީ ކޭޝްއިން ޚަރަދުކުރި 4.37 މިލިއަން ރުފިޔާގެ ތެރެއިން އެކަށީގެންވާ ލިޔެކިއުމެއް ނެތުމުން، އެ ފައިސާ ޚަރަދުކުރި ގޮތް ކަށަވަރުނުވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި ކަންކަމަކީ ކުންފުނީގެ ތެރެއިން ބަޔަކު ގުޅިގެން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ބެލެވޭތީ، އެ މުއްދަތުގައި އައްޑޫ ބްރާންޗުގައި މަސައްކަތްކުރި އިސްވެރިންނާއި އެ ފަރާތްތަކުގެ އާއިލީ މެންބަރުންގެ އެކައުންޓުތަކަށް މުސާރައާ ނުބައްދަލު ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް ފުލުހުންނަށް ހުށަހެޅުމަށް ކޮމިޓީން ނިންމީއެވެ. ރައްޔިތުންގެ މަޖިލީހުން މި ރިޕޯޓު ފާސްކުރީ 53 މެންބަރުންގެ އިއްތިފާގުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

Io

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ބަރޯސާވެވެނީ އިންޖިނިއަރުންގެ ބުރަ މަސައްކަތުން: އަފީފް

WhatsApp Image 2026 08 28 at 18.07.38

ހޯރަފުށީ ސްކޫލް ދަރިވަރުންނަށް ކަރަންޓާ ބެހޭ ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފި

Resorts

ހޯރަފުށްޓަށް 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި