ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިރީނާއަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު އައްޔަންކުރަން ރައީސް ހުށަހަޅުއްވައިފި

Qw
STO_Ads
TTH_Ads
Advertisement

އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރު ތޯރިގު އިބްރާހީމް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. އެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށް ފަހު، ތޯރިގު އެ މަގާމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ.

ތޯރިގު އިބްރާހީމަކީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ފެށިގެން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ނިމެންދެން އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ކެބިނެޓް އެކުލަވައިލެއްވި އިރު ވެސް، ތޯރިގު ވަނީ އެންވަޔަރްމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވައިފަ އެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އޭނާ ޓޫރިޒަމް މިނިސްޓަރުކަމަށް ބަދަލުކުރެއްވި އެވެ. އެ މަގާމުގައި ހުންނެވުމަށް ފަހު، ފަހުން އޭނާ ވަނީ ކެބިނެޓުން އިސްތިއުފާ ދެއްވައިފައެވެ.

ތޯރިގު މިހާރު ހުންނެވީ ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީއަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބައިނަލްއަގުވާމީ ގޮތުން މަސައްކަތްކުރާ މުހިންމު ޖަމިއްޔާއަކަށް ވާއިރު، ރާއްޖެއިން އެ ޖަމިއްޔާގައި ހަރަކާތްތެރިވާ މަންދޫބެއްގެ ގޮތުން ތޯރިގު ހަމަޖެއްސެވުމަކީ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު