ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

Ew
TTH_Ads
STO_Ads
Advertisement

މިފްކޯއިން ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓުން މިއަދު މަސްވެރިންނަށް އައިސް ވިއްކަން ފަށައިފިއެވެ. މިއީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފެށި މުހިންމު ޚިދުމަތެކެވެ.

މިފްކޯއިން އެކްސްގައި އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، ކަނޑުއޮތްގިރިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. މާލެ އަތޮޅަކީ ގިނަ އަދަދެއްގެ ދޯނިފަހަރު މަސްވެރިކަމުގައި ހަރަކާތްތެރިވާ ސަރަހައްދަކަށް ވުމާއެކު، އައިސް ހޯދުމަށް އޮންނަ ޑިމާންޑް އަބަދުވެސް ބޮޑެވެ. އެހެންކަމުން އަލަށް ޚިދުމަތްދޭން ފެށި 25 ޓަނުގެ އައިސް ޕްލާންޓާއެކު، އައިސް ހޯދުމަށް މަސްވެރިން ކުރަންޖެހޭ ދަތުރުތަކަށާއި ހޭދަކުރަންޖެހޭ ވަގުތަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ އިތުރުން، މި ހިނގާ މަހުގެ ތެރޭގައި ކަނޑުއޮތްގިރީގައި ވަނީ ހިކިމަސް އުފައްދާ ފެކްޓަރީއެއްވެސް ހުޅުވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަމުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާއިރު، ކަނޑުއޮތްގިރީގައި މިފަދަ ވަސީލަތްތައް ގާއިމުކުރެވެމުން ދިއުމަކީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށާއި، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. މިއާއެކު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ފަސޭހައިން އައިސް ލިބުމުގެ މަގުފަހިވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

HajjCop_ads
Advertisement

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު މިފްކޯއިން ހަމަޖައްސައިފި

788

މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

Masverin

ޖުލައި މަހު 49.7 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

mifco

މިފްކޯ މަސްފިހާރަ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި