ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުއޮތްގިރީގައި އައިސް ޕްލާންޓަކާއި ހިކިމަސް ކާރުޚާނާއެއް ހުޅުވައިފި

Igmh
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކަނޑުއޮތްގިރީގައި މަސްވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިފްކޯއިން އައިސް ޕްލާންޓަކާއި ހިކިމަސް ކާރުޚާނާއެއް މިއަދު ހުޅުވައިފިއެވެ.

މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ކާރުޚާނާ ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްގެ އިތުރުން ވުޒާރާއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ފުރިހަމަކުރެވުނު މުހިންމު މަޝްރޫޢެކެވެ.

މިފްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަލަށް ހުޅުވި ހިކިމަސް ކާރުޚާނާއިން ދުވާލަކު 3 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެއެވެ. އަދި އައިސް ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ތަނެކެވެ. މި ކާރުޚާނާގައި މިއަދުން ފެށިގެން ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު، ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް ތައްޔާރުކުރަން ފަށާނެއެވެ. މި މަސައްކަތަށް ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ޤާއިމުކޮށްފައިވަނީ އެފަދަ ތަނެއްގައި ހުންނަންޖެހޭ އެންމެ މަތީ ސިއްޙީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.

HajjCop_ads
Advertisement

މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވި ގޮތުގައި، މާލެއާ ކައިރިން މިފަދަ ޚިދުމަތެއް ފެށުމަކީ މާލޭ ސަރަޙައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ހުރި ގޮންޖެހުންތަކަށް ލިބޭނެ ވަރަށް ބޮޑު ޙައްލެކެވެ. ކުރިން ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެއަށް ތަކެތި ގެނައުމުގައި ލޮޖިސްޓިކް ދަތިތަކާ ހުރެ މުދާ ހުސްވުމުގެ ޝަކުވާ ލިބުނު ނަމަވެސް، ކަނޑުއޮތްގިރީގެ ކާރުޚާނާއާއެކު އެކަމަށް ޙައްލެއް ލިބި، އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ތައިލެންޑުގައި ބާއްވާ “ޓޫނާ 2026” ކޮންފަރެންސް ގައި މިފްކޯއިން ބައިވެރިވެއްޖެ

FHAM

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި މިފްކޯއިން ބައިވެރިވެއްޖެ

WhatsApp Image 2026 09 04 at 14.10.47

ސީފުޑް އޭޝިއާ އެކްސްޕޯގައި ބައިވެރިވި މަޤްސަދު ހާސިލުވެއްޖެ: މިފްކޯ

masverin

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކުރި