ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު: އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން އޯޑަރު ލިބޭ ބޭފުޅެއް

Ew
STO_Ads
TTH_Ads
Advertisement

އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދަކީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން އޯޑަރު ލިބޭ، ސަރުކާރާ އިދިކޮޅު ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިވަންކަމުގެ ވާހަކަ ދައްކާއިރު ސަރުކާރު ހިންގާ ނިޒާމުގެ މިނިވަންކަން ވެސް ފާހަގަކުރަން ޖެހޭކަން ބަޔާންކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރު ހިންގުން ނުވަތަ ހެޔޮ ވެރިކަމުގެ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެގޮތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ މައުލޫމާތު މި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން އާންމުކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ސަރުކާރަކުން މިގޮތަށް އަމަލުކުރި ފުރަތަމަ ފަހަރުކަން އިންފޮމޭޝަން ކޮމިޝަނަރު ވެސް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ކުރީގެ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި، އަދި ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅަށް ކަންކަން ކުރަން އޯޑަރު އަންނަ ބޭފުޅެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުން ގާނޫނު ތަންފީޒު ނުކުރާނަމަ އެފަދަ ބޭފުޅަކު އެކަން އިއުލާނު ނުކުރައްވާނެ ކަމަށެވެ.

HajjCop_ads
Advertisement

ވުޒާރާތަކާ އެއްގޮތަށް ސަރުކާރުގެ ކުންފުނިތަކުން ވެސް ހާމަކުރަން ޖެހޭ މައުލޫމާތުތައް ހާމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އަންނަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބުދީ، ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި، ނޫސްވެރިންނާ ގާތުން މަސައްކަތްކޮށް މީޑިއާއާ ރައްޓެހިކަން ބޭއްވުމުގައި ނަމޫނާ ދައްކަވަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަޙުމަދު އާހިދު އައްޔަންކުރައްވާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، ސެޕްޓެމްބަރު 6، 2021 ގައެވެ. އަމިއްލައަށް އިސްނަގައިގެން ހާމަކުރަން ޖެހޭ މައުލޫމާތު އެއްވެސް ވުޒާރާއަކުން އެއްކޮށް ހާމަކޮށްފައިނުވާ ކަމަށް މިދިޔަ މެއި މަހުގެ ތެރޭގައި އާހިދު ވިދާޅުވި ނަމަވެސް، ފަހުން އޭނާ ވަނީ ހުރިހާ ވުޒާރާއަކުން ވެސް ގާނޫނުން ލާޒިމުކުރާ މައުލޫމާތުތައް އާންމުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Heena

އުތީމުގައި ތަރައްޤީކުރި “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި” ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

469260 889edeab b

2027 ވަނަ އަހަރަކީ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ނިމޭނެ އަހަރު: ރައީސް

ChatGPT Image Aug 13, 2026, 02 55 31 PM

ސްޓޭޓް މިނިސްޓަރު ލަތީފް މަގާމުން ވަކިކުރައްވައިފި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ