ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީ ސަރުކާރުތަކުން ދެއްކީ ވާހަކަ، މި ސަރުކާރުން ނެރެނީ ނަތީޖާ: ރައީސް

DSC
Maldivian_Ads
TTH_Ads
STO_Ads
Advertisement

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރީ ސަރުކާރުތަކުން ހަމައެކަނި ވާހަކަ ދެއްކި ކަންކަން މި ސަރުކާރުން އަމަލީ ގޮތުން ތަންފީޒުކޮށް ނަތީޖާ ނެރެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން އަބަދުވެސް ވާހަކަ ދައްކާނީ އަމަލީ ނަތީޖާއިންނެވެ. އެގޮތުން ގައުމަށް ދިމާވެފައިވާ އިގުތިސާދީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފައިސާ ޗާޕުނުކޮށް މާލީ ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރީ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް އަދާކުރަމުން އިގުތިސާދު ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށާއި، އިގުތިސާދު ވެއްޓިފައިވާ އަނދަވަޅުން ނަގައި ގައުމު މާލީ ގޮތުން މިނިވަންކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރައްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށް ގޮސްގެން ހޯދަންޖެހޭ ފަރުވާތައް މަދުކުރުމުގެ ގޮތުން ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަކުރަމުންދާ ކަމަށެވެ. މިކަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އަންނަން އޮތް ޖީލުތައް ސިނގިރޭޓާއި ދުންފަތުގެ އަޅުވެތިކަމުން ސަލާމަތްކުރުމަށްޓަކައި ވޭޕް މަނާކުރުމާއި ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ފަށާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އެ މަޝްރޫއުތައް އަލުން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރުން އެކި ދާއިރާތަކުން ޖުމްލަ 590 މަޝްރޫއު ނިންމާފައިވާކަން ހާމަކުރައްވަމުން، ކުރިއަށް އޮތް ތަނުގައިވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފުރިހަމަކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް