ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

2028 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް ހާސިލުކުރާނެ ތަރައްގީގެ އަމާޒުތައް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވައިފި

DSC
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ގައުމީ ޖަލްސާގައި، 2028 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުރިހަމަކުރާނެ ތަރައްގީގެ ބިޔަ މަޝްރޫއުތަކާއި ސަރުކާރުގެ ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިއްސާކުރައްވައިފިއެވެ.

ރައީސްގެ ތަސައްވުރުގައިވާ ގޮތުން، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެއްކޮށް ނިންމާލެވޭނެއެވެ. އަދި ހުރިހާ ރަށެއްގައި ކަރަންޓާއި ކޭބަލްގެ މައްސަލަތައް ހައްލުކޮށް، ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން ރަށްރަށުގައި ކުނިކޮށިތައް ގާއިމުކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހުޅުވުމާއި، ފަސް މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫއުވެސް ނިންމާލުމަށް ވަނީ ކަނޑައަޅާފައެވެ.

ސިއްހީ އަދި ތައުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން، ލެބޯޓަރީގެ ހިދުމަތާއެކު ހުރިހާ ރަށެއްގެ ސިއްހީ ނިޒާމު ވަރުގަދަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ އަތޮޅެއްގެ އެއް ރަށަށްވުރެ ގިނަ ރަށުގައި ސީޓީ ސްކޭނާއި، ޑަޔަލަސިސް އާއި ޕެޕްސްމިއާގެ އިތުރުން މެމޯގްރަފީ އާއި ބްލަޑް ބޭންކް އަދި ތެލަސީމިއާގެ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުކުރެއްވިއެވެ. ތައުލީމީ ދާއިރާއިން އިންކްލޫސިވް އެޑިއުކޭޝަން ހިމެނޭހެން ސްކޫލްތަކުގެ އުމްރާނީ ތަރައްގީ ވަރުގަދަކުރުމާއި، ގައުމީ ޔުނިވާސިޓީ އާއި އިސްލާމީ ޔުނިވާސިޓީގެ ކެމްޕަސްތައް ކޮންމެ އަތޮޅެއްގައި ހުޅުވުންވެސް މި އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު، ކޮންމެ އަތޮޅެއްގައި އިސްލާމީ މަރުކަޒުތަކާއި ގުރުއާނާ ބެހޭ މަރުކަޒުތައް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

HajjCop_ads
Advertisement

އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރުގެ ދާއިރާއިން، ފިޓްނަސް ރިކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކުގެ އިތުރުން ކުޑަކުދިންގެ ޕާކުތަކާއި ޕިކްނިކް އައިލެންޑްތައް ތަރައްގީކުރުން ހިމެނެއެވެ. ސްޓޭޑިއަމްތަކާއި ފުޓްސަލް އަދި ފުޓުބޯޅަ ދަނޑުތައް ހުރިހާ ރަށެއްގައި ނިންމައި، ކޮންމެ އަތޮޅެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން މަދުވެގެން 100 ރަށެއްގެ ކައުންސިލް އިމާރާތް ނިންމައި ހަވާލުކުރުމާއި، ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރުމާއި، ބޭންކް ބްރާންޗްތައް އިތުރުކުރުމުގެ މަސައްކަތްވެސް މި މުއްދަތުގެ ތެރޭގައި ކުރިއަށްދާނެއެވެ.

އިގުތިސާދީ ގޮތުން ރައްޔިތުންނަށް ފައިދާވާނެ މަޝްރޫއުތަކަށް އިޝާރާތްކުރައްވައި، ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތަށް ފަރުމާކޮށްފައިވާ ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުތައް ބޮޑުތަނުން ނިންމާލުމަށް ވަނީ އަމާޒުހިފާފައެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކޮންމެ އަތޮޅެއްގައި 30 މިނެޓުން ދެވޭ ރާސްތާގައި އެއާޕޯޓެއް ތަރައްގީކުރުމާއި، ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުގައި ތެޔޮ ވިއްކާނެ ސްޓޭޝަންތައް ގާއިމުކުރުން ހިމެނެއެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކޮންމެ އަތޮޅެއްގައި ފެށުމާއި މޯލްޑިވްސް 2.0 ތަންފީޒުކޮށް ނިންމުމަކީވެސް ސަރުކާރުގެ މުހިންމު ވައުދެކެވެ.

މާލެ ސަރަހައްދުގެ ތަރައްގީއަށްވެސް ހާއްސަ އިސްކަމެއް ދީފައިވާއިރު، ތިލަމާލެ ބްރިޖު ނިންމައި ހުޅުވުމާއި، ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ނިންމުމާއި، މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް، މާލޭގައި ޕާކިން ބިލްޑިންގްތައް ގާއިމުކުރެވޭނެއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި ހުރިހާ ކަމަކީ 2040 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަރައްގީގެ ދިގުރާސްތާ ތަސައްވުރު ފުރިހަމަކުރުމަށްޓަކައި، 2028 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް ނިންމުމަށް އަމާޒުހިފާފައިވާ މުހިންމު މަސައްކަތްތަކެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ރައީސް ދެއްވި އުފާވެރި ޚަބަރު: ރައްޔިތުންނަށް ބޭސް ލިބުމުގެ މައްސަލަ ތިން މަސް ތެރޭ ހައްލުވާނެ

Ew

ރާއްޖޭގައި ސައުދީގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފި

466442 07ce448a 6

ޕްރިންސް ޑރ. މަންޞޫރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

466342 66222c76 7

ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާ: ރައީސް