ރައްޔިތުންނަށް ބޭސް ލިބުމުގެ މައްސަލަ ކުރިއަށް އޮތް ތިން މަސް ތެރޭ ހައްލުވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ  ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާންނުޖެހޭ މިންވަރަށް ބޭހުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އަމިއްލަ ފާމަސީތަކުން އާސަންދައިގެ ތެރެއިން 2000 ރުފިޔާގެ ބޮޑު ފައިދާއެއް ނަގަމުންދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެކަން މިހާރު އެއްކޮށް ނިމުމަކަށް ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަމިއްލަ ފާމަސީތަކުން މަސައްކަތްކުރީ ގަސްތުގައި ރައްޔިތުން ހާލުގައި ޖެއްސުމަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސްޓޭޓް ފާމާގެ ނަމުގައި ސަރުކާރުން އުފެއްދި ކުންފުނިން ރާއްޖެއަށް ބޭސް އެތެރެކުރުމާއި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.