އެމްޓީސީސީން މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ހިދުމަތުގެ ރޫޓުތަކަށް މިނިވަން ދުވަހާ ދިމާކޮށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތައް އިއުލާނުކޮށްފައިވަނީ މާދަމާ އެކަނި އަމަލުކުރާގޮތަށެވެ.
މި ބަދަލުގެ ދަށުން އޯކިޑް މަގުން ދަތުރުކުރާ ބަސްތަކާއި އަމީނީ މަގުން ދަތުރުކުރާ ބަސްތަކުގެ ދަތުރުތަކަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އޯކިޑް މަގަށް ދަތުރުކުރާ ރޫޓު 10 އަދި އަމީނީމަގަށް ދަތުރުކުރާ ރޫޓް 11 ގެ ދަތުރުތައް ހެނދުނު 6:00 އިން ފެށިގެން ކުރިއަށްދާނެއެވެ.

ރޫޓު 6، 8 އަދި 2 ގެ ދަތުރުތައް ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ.









ކިޔުންތެރިންގެ ހިޔާލު