މާލޭގެ އަމީނީމަގުން ހަލާކުވެފައިވާ ބައި އަލުން ހެދުމުގެ މަސައްކަތުގެ ދަށުން، އެ ސަރަހައްދުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މީގެ ކުރިން ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުގެ ތާރުގަނޑު އުفުލި، ބޮޑެތި އަޑިގުޑަންތައް ހެދުމާ ގުޅިގެން އެ މަގު އަލުން ހެދުމުގެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ މަސައްކަތަށް ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް އޮންނަ މަގު ބަންދުކުރީ ޖޫން މަހުގެ ފަހުކޮޅުއެވެ.
މި މަސައްކަތުގެ ދަށުން މީގެ ކުރިން ތާރު އަޅަން ހަމަޖެހިފައި އޮތް ނަމަވެސް، އެ ދުވަސްވަރު މޫސުން ވަރަށް ބޮޑަށް ގޯސްވެ ވާރޭވެހުމުގެ ސަބަބުން މަސައްކަތް ވަނީ ލަސްވެފަ އެވެ. އެ ކުންފުނީގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މޫސުން ރަނގަޅުވުމާ އެކު މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާފައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިން ކުރިއަށް ގެންގޮސްފައިވަނީ އެހެން ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެހެންނަމަވެސް، މަގު ހެދި ފަހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތާރުގަނޑު ހަލާކުވެ، ދުއްވާ މީހުންނަށް ނުރައްކާތަކާ ކުރިމަތިވުމާ ގުޅިގެން މިއަދު މިވަނީ އެ ސަރަހައްދު ރަނގަޅު ފެންވަރަކަށް އަލުން މަރާމާތުކޮށް ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.










ކިޔުންތެރިންގެ ހިޔާލު