ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ޓެކްސީ އެޕް ހެކުނުކުރާ ކަމަށާއި މައުލޫމާތު ލީކުކުރީ މުވައްޒަފެއް ކަމަށް އެމްޓީސީސީން ބުނެފި

Hassan
TTH_Ads
STO_Ads
Advertisement

“މާލެ ޓެކްސީ ލައިން” އެޕްލިކޭޝަން ހެކުކޮށްފައިނުވާ ކަމަށާއި އާންމުންގެ ޒާތީ މައުލޫމާތުތައް ސޯޝަލް މީޑިއާއަށް ލީކުކޮށްލީ ކުންފުނީގެ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެޕްލިކޭޝަންގެ ބެކްގްރައުންޑް ޑޭޓާބޭސްއަށް ބަދަލުތަކެއް ގެނެސް، އާންމުންގެ ޒާތީ މައުލޫމާތުތައް ލީކުކޮށްފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި އެ ކުންފުނީގެ މުވައްޒަފަކު ކަމަށެވެ.

އެ މުވައްޒަފު މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށާއި ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އޭނާއާމެދު އަޅާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

HajjCop_ads
Advertisement

މާލެ ޓެކްސީ އެޕުގެ ބެކްގްރައުންޑް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ސިސްޓަމަށް ފާހަގަވުމާއެކު، ވަގުތުން އެ ސިސްޓަމް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެސް ރައްކާތެރިކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ކަސްޓަމަރުންނަށް ޓެކްސީ އެޕުން ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލަ ފެންމަތިވީ ޓެކްސީ އެޕްލިކޭޝަންގައި ޚިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަންތައް ބަދަލުވެ، އެޕްލިކޭޝަންގެ ޚިދުމަތް މުޅިން މެދުކެނޑުމާ ގުޅިގެންނެވެ. އޭގެ ފަހުން ސޯޝަލް މީޑިއާއަށް ލީކުވި މައުލޫމާތުތަކުގެ ތެރޭގައި އެޕްލިކޭޝަން ބޭނުންކުރި އާންމުންގެ ނަމާއި ފޯނު ނަންބަރާއި ވޮލެޓް އައިޑީގެ އިތުރުން އީމެއިލް އެޑްރެސް ހިމެނެއެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް “މާލެ ޓެކްސީ ލައިން” އިފްތިތާހުކުރީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރެއެވެ. ތިމާވެއްޓާ ރައްޓެހި ސައްތައިން ސައްތަ އިލެކްޓްރިކް 150 އުޅަނދާއެކު ފެށި މި ޚިދުމަތުގެ ފުރަތަމަ މަހު އެކަނިވެސް 13،000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް އެމްޓީސީސީގެ މައުލޫމާތުތަކުން ދައްކައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 16 at 17.33.06

އެމްއެމްއޭ ކައިރީގައި ގާއިމުކުރި ޕަމްޕު ސްޓޭޝަން ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ވިލިމާލެ ބަނދަރު ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

Igmh

ވިލިމާލޭ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

WhatsApp Image 2026 08 16 at 15.56.24

ފަރެސްމާތޮޑާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި