ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ބަސް ދަތުރުތައް އަލުން ފަށައިފި

788
TTH_Ads
STO_Ads
Advertisement

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް ފުޅާކުރުމުގެ މަޝްރޫއު ނިމުމާ ގުޅިގެން، އެ މަގު އާންމު ދަތުރުފަތުރަށް ހުޅުވާލައި، މެދުކެނޑިފައިވާ ބަސް ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ. ޒަމާނީ ފެންވަރަށް ތަރައްގީކުރި މި މަގުގެ ސެގްމެންޓް ދެއަކުން ފެށިގެން ފަހަކާ ހަމައަށް ހިމެނޭ ސަރަހައްދު ހުޅުވުމާއެކު، އާރް.ޓީ.އެލް ބަހުގެ ރޫޓުތައް ކުރިން އޮތް ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އެމް.ޓީ.ސީ.ސީ އިން މައުލޫމާތު ދޭ ގޮތުގައި، މި ބަދަލާއެކު އާރް.ޓީ.އެލް ބަހުގެ ޚިދުމަތުގައި ހިމެނޭ އޯކިޑް ރޫޓު (އާރް 10) އަދި ސޯސަން ރޫޓު (އާރް 12) ގެ ދަތުރުތައް ދެން ކުރިއަށްދާނީ ބޮޑުތަކުރުފާނު މަގުންނެވެ. މި ބަދަލުތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން، މަގު ފުޅާކުރުމުގެ އިތުރުން ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކޮށް، ފެން ހިންދާ ނިޒާމު ވެސް މި މަޝްރޫއުގެ ތެރެއިން ވަނީ ރަނގަޅުކޮށްފައެވެ. މި ބަދަލުތަކާއެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ދަތުރުވެރިންނަށް އެ މަގުން ދަތުރުކުރުމުގައި މިހާރު ހުރަސްތަކެއް ނެތްކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

HajjCop_ads
Advertisement

މަގު ހުޅުވާލުމާއެކު، ކަނޑައެޅިފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކު ނުކުރުމަށް ފުލުހުން ވަނީ އަންގާފައެވެ. ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HP61BjkbcAAregM

މާވަށު ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

Taxi

ޓެކްސީ ލައިން އެޕްލިކޭޝަންގެ މަޢޫލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް

WhatsApp Image 2026 08 17 at 09.11.58

ތުޅާދޫ ސަގާފީ މަރުކަޒުގެ މައި އިމާރާތުގެ ފުޓިންގތަކާއި ޓައި ބީމް ރީބާގެ މަސައްކަތްތައް ނިންމާލައިފި

WhatsApp Image 2026 08 16 at 17.33.06

އެމްއެމްއޭ ކައިރީގައި ގާއިމުކުރި ޕަމްޕު ސްޓޭޝަން ރަސްމީކޮށް ބޭނުންކުރަން ފަށައިފި