ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފ. އަތޮޅު، ދ. އަތޮޅު އަދި ތ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފ،ދ އަދި ތ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ އަތޮޅުތަކުގައި ދެމުންދާ …

ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބަދަލާ ގުޅިގެން އެ އަތޮޅުތަކުގައި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ހިދުމަތާ ހވާލުވި ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ދަނީ ކުރެވެމުންނެވެ.

އަދި މި މަސައްކަތުގެ މައިގަނޑު އަމާޒަކީ އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އިތުބާރުހުރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ޔުޓިލިޓީ ހިދުމަތްތައް ކަށަވަރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރުގެ މި ނިންމެވުމާއެކު، އެ އަތޮޅުތަކުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.