ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމީނީ މަގުގައި މަރާމަތުކުރި ސަރަހައްދު އާދިއްތަ ދުވަހު ހުޅުވާލަނީ

WhatsApp Image 2026 09 28 at 22.10.50
TTH_Ads
Maldivian_Ads
STO_Ads
Advertisement

އަމީނީ މަގުގައި މަރާމަތުކުރި ސަރަހައްދު އަންނަ އާދިއްތަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އިއުލާނުކުރައްވައިފިއެވެ.

މި މަޝްރޫއަކީ އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް މަރާމަތުކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވެފައިވަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމަތީގައި ތާރު އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

HajjCop_ads
Advertisement

އެ ސަރަހައްދުތަކުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނަގައި، މަގުގެ އަޑީގެ ނެޓްވޯކްތައް އަލުން ތަރުތީބުކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. ތާރު އެޅުމުގެ މަސައްކަތަށްފަހު މިހާރު ކުރިއަށްދަނީ ޓްރެފިކް ނިޝާންތައް ކުރެހުމާއި ފިނިޝިންގެ އެހެނިހެން މަސައްކަތްތަކެވެ.

މި ސަރަހައްދު ހުޅުވާލުމަށްފަހު ދެން ފަށާނީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަހައްދުގެ މަރާމަތުގެ މަސައްކަތެވެ. އަމީނީ މަގުގެ މާފަންނާވީ ފަޅި މަރާމަތުކުރަނީ އެ ސަރަހައްދުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، ދުއްވާ އުޅަނދުފަހަރަށް ދަތިތަކާ ކުރިމަތިވަމުންދާތީއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މާލޭގެ ހުޅަނގުކޮޅުން ބޭރު މަގު ތަރައްގީކުރުމަށްވެސް ވަނީ ތައްޔާރުވެފައެވެ. އެގޮތުން ފެން ހިންދާ ނިޒާމުގެ މަސައްކަތަށް ވެސްޓް ޕާކް ސަރަހައްދުން ބައެއް މިހާރު ވަނީ ބަންދުކޮށްފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް މީގެކުރިން ވަނީ ނިންމާފައެވެ. އެއާއެކު އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ވަނީ ލިބިގެންގޮސްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big QRSrPxjBASQayqQiZw1g32vj6

ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖަހާ ނިންމައި، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

WhatsApp Image 2026 10 17 at 10.05.30

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް