ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ ހަފުތާގައި ސްކޭމްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލި، އޮޅުވާލުމުގެ މައްސަލަތައް އިތުރުވެއްޖެ

police
TTH_Ads
STO_Ads
Advertisement

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި މަހުގެ 12 އިން 18 އަށް ރިޕޯޓުކޮށްފައިވާ 43 މައްސަލައެއްގައި ޖުމްލަ 254،517 ރުފިޔާ ގެއްލިފައިވެއެވެ. އޭގެ ތެރެއިން 188،799.72 ރުފިޔާ ފުލުހުން ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ތަފާތު އެކި ގޮތްގޮތަށް އާންމުންނަށް އޮޅުވާލައިގެން ހޯދާފައިވާ ފައިސާއެވެ.

އާންމު ގޮތެއްގައި އޮންލައިން ވިޔަފާރި މެދުވެރިކޮށް އެންމެ ގިނައިން ސްކޭމް ކުރި ނަމަވެސް، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެހެން މީހަކަށް ހެދިގެން ފައިސާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން އޮޅުވާލުމުގެ 14 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ކުރީ ހަފުތާގައި ހުށަހަޅާފައިވަނީ އެފަދަ އެންމެ 2 މައްސަލައެވެ. މީގެ އިތުރުން އޮންލައިން ވިޔަފާރީގެ 12 މައްސަލައަކާއި، ފައިސާ މާރުކުރުމުގައި އޮޅުވާލުމުގެ 2 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

HajjCop_ads
Advertisement

މިފަދަ ކުށްތައް ކުރާ ފަރާތްތަކުން އާންމުކޮށް ބޭނުންކުރަނީ އޮންލައިން މެސެޖިން އެޕްލިކޭޝަންތަކާއި، އައިބޭ އަދި ފޭސްބުކް މާކެޓްޕްލޭސް ފަދަ މަންސަތަކެވެ. މީގެ އިތުރުން ފޯނުން ގުޅައިގެންނާއި ފިޝިން ލިންކްތައް މެދުވެރިކޮށް ވެސް އާންމުންގެ އަތުން ފައިސާ އަތުލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެންކަމުން، ފައިސާ ފޮނުވަން މީހަކު އެދިއްޖެނަމަ އެއީ ކާކުކަން ކަށަވަރުކުރުމަށާއި، އެކައުންޓް ނަންބަރު ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޮންލައިންކޮށް މުއާމަލާތްކުރާއިރު މުދާ ނުލިބެނީސް ފައިސާ ނުފޮނުވުމަށް ވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސުކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް މައުލޫމާތުދީފި

Police vcle

އަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން 11.5 މިލިއަން ރުފިޔާ ފޭރިގެންފި

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު މަރަދޫއިން ހައްޔަރުކޮށްފި