ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓިކްޓޮކްގައި “އިނާ” ނަމަކަށް ކިޔާ އެކައުންޓަކުން ސްކޭމް ހިންގާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ

H6txovzbmjojwefnjhdb
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޓިކްޓޮކްގައި “އިނާ” ގެ ނަމުގައި ހިންގާ ފޭކު އެކައުންޓަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދަމުންދާތީ، އެކަމަށް އާންމުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ މި އެކައުންޓް ހިންގާ ފަރާތް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި އެކައުންޓް މެދުވެރިކޮށް ތަފާތު އެކި ބާވަތްތަކުގެ ތަކެތި ވިއްކުމަށް ދަނީ އިޝްތިހާރު ކުރަމުންނެވެ. އޭގެ ތެރޭގައި ތެލުލި ބަނބުކެޔޮ ފަދަ ކާބޯތަކެތި ވިއްކުމަށާއި، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ކަމަށް ބުނެ ގިނަ އަދަދެއްގެ ޕޯސްޓުތައް މި އެކައުންޓުގައި ވަނީ ކޮށްފައެވެ. ނަމަވެސް މިއީ ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ ސްކޭމެއްކަން ފާހަގަކުރެވިފައިވާތީ، އެއްވެސް ފަރާތަކުން މި އެކައުންޓާ މުއާމަލާތް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިފަދަ ފޭކު އެކައުންޓްތައް ހަދައިގެން ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. މީގެ އިތުރުން މާލީ ސްކޭމްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މިފަދަ ކުށްތައް ހުއްޓުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ފުލުހުން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

HajjCop_ads
Advertisement

މިގޮތުން، ސްކޭމްތަކާ ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހި ފުލުހުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގުޅިގެން ސިންގަޕޫރު ފުލުހުންނާއެކު ދާދި ފަހުން ވަނީ މުހިންމު ބައްދަލުވުމެއް ބާއްވާފައެވެ. މިއީ ސްކޭމްތައް ހުއްޓުވުމަށާއި، އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކޮށް، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގެ މުއައްސަސާތައް ގުޅިގެން ހިންގި ފުރަތަމަ ބޮޑު ހަރަކާތް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި