ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ލިބުނު ހިލޭ އެހީ ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. މިގޮތުން އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ވަނީ 439 މިލިއަން ރުފިޔާ ލިބިފައެވެ.

މާލީ ވުޒާރާއިން އާންމުކުރި މި އަހަރުގެ މެއި މަހުގެ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވަނީ، ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވަނީ 374 މިލިއަން ރުފިޔާކަމަށެވެ. އެހެންކަމުން ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ލިބުނު އަދަދު ވަނީ ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ %17 އިތުރުކަމަށް ވަނީ ބުނެފައެވެ.

ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ޕްރޮޖެކްޓްތަކަށް 324 ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި  ދައުލަތަށް 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރިއެވެ. ނަމަވެސް އެ އަހަރު ނިމުނު އިރު ލިބިފައިވަނީ 400 މިލިއަން ރުފިޔާއެވެ.  އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރު ޖުމްލަ ހިލޭ އެހީގެ ގޮތުަގައި ލިބުނު އަދަދަށް ވުރެ ވެސް އިތުރުވެފައިވީނަމަވެސް މެދުރާސްތާގައި ރާއްޖެ އަށް ހިލޭ އެހީ ލިބޭ ވަރު އިތުރަށް ދަށްވާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެއެވެ. މިގޮތުން ކުރިއަށް އޮތް ދެ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާއެވެ.

އާމްދަނީ އިތުރުވެފައިވާއިރު، ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުވެސް ވަނީ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އިތުރުވެފައެވެ.